ހަބަރު

ހަތް މަސް ފަހުން ޝިދާތާގެ ޕާސްޕޯޓް ދޫކޮށްލައިފި

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓިތާ ހަތް މަސް ފަހުން މިއަދު ދޫކޮށްލައިފި އެވެ. ޝިދާތާ ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު މިދިޔަ ޖެނުއަރީ މަހު 26 ވަނަ ދުވަހު ރާއްޖެ ވަޑައިގަތް ހިސާބުން ފެށިގެން އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފަ އެވެ.

ޝިދާތާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގަ އެވެ. އިބްތިހާލް މަރާލި އިރު ޝިދާތާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް އޭނާއަށް އެ މައްސަލާގައި އިހުމާލުވި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައެއް ނުވެ އެވެ.

ޕާސްޕޯޓު ހިފެހެއްޓިި މައްސަލާގައި ޝިދާތާ މިއަދު ކުރެއްވި ޓްވީޓް

ނަމަވެސް ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަށް މަސް ދުވަހުގެ މުއްދަތެއްވަންދެއް އޭނާ ރާއްޖޭގައި ބަންދުކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ.