ރައީސް އަބްދުﷲ ޔާމީން

ރަސްރަނީގެ މަސަކަތް ކުރި ސިފައިންނާ ރައީސް ބައްދަލު ކުރައްވައިފި

Aug 27, 2017
4

ރަސްރަނި ބަގީޗާ ތަރައްގީ ކުރުމުގައި އިސްކޮށް އުޅުއްވި ސިފައިންނާ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ ވެރިޔާ އަބްދުﷲ ޔާމީން ބައްދަލުކުރައްވާ ޝުކުރު އަދާ ކުރައްވައިފި އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ރައީސް ވިދާޅުވީ ސިފައިންގެ ސިވެކް ކުންފުނީގެ ފަރާތުން ރަސްރަނި ބަގީޗާ، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަޔަށް ތައްޔާރުކޮށްދެވާފައިވާތީ ޝުކުރު އަދާ ކުރައްވާ ކަމަށާއި ސިފައިންގެ ރަސްމީ މަސައްކަތުގެ ބޭރުން ގައުމު ބިނާކުރުމުގެ މިފަދަ މަޝްރޫއުތަކުގައި ސިފައިން މަސްއޫލުވެ އުޅުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނާނެ ކަމެއް ކަމެކެވެ.

މާލޭ ސަލްޓަންޕާކު ސަރަޙައްދުގައި "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްގީ ކުރި ރަސްރަނި ބަގީޗާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް މިމަހުގެ 21 ވަނަ ދުވަހުގެރޭގަ އެވެ.