އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވާފައިވާ ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން ކަމަށާ އެ ގަރާރަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި އޮތް ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ގޮތަށް ގަރާރު ނެރުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސްގެ ގަރާރުތަކަށް ގާނޫނީ ބާރު ލިބެނީ މަޖިލީހުން ފާސްކޮށްގެން ކަމަށާ އެކަން ނުކުރައްވާ މިހާރު އަމަލު ކުރަމުންދާ ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށާ ނަމަވެސް ރައީސްގެ ގަރާރު މަޖިލީހުން ފާސްކޮށްފިނަމަ އެ ގަރާރުގައިވާ ކަންކަމަށް ބޯލަބަން ޖެހޭނެ ކަމަށެވެ.
ރައީސްގެ ގަރާރާއެކު މާލޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނަގަމުންދާތީ އެކަމަށްވެސް ރައީސް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ފުލުހުން ވަނީ ރައީސް ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް އަދި އެ ކެމްޕެއިނަށް ތާއީދު ކުރާ ގޭގޭގައި ހަރުކޮށްފައިވާ ބެނާތައް ނެގި ނެގުން ކުށްވެރި ކުރައްވާފައެވެ. ވިދާޅުވީ އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
އަދި ވިދާޅުވީ އެކަންކަން ކުރުމުގައި ހަރަކާތްތެރިވާ ސިފައިންނާއި ފުލުހުންގެ މައްޗަށް ތަހުގީގު ހިންގާ ޝަރީއަތް ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
އިންޑިއާއަށް އަޅުވެތިވެފައި އޮތްލެއް ބޮޑުކަމުން، އަދި އިންޑިއާ ރުއްސަން މިކުރާ މަަސައްކަތުގެ ތެރެއިން މި ނެރެފައި އޮތް ގަރާރަކީ ގާނޫނީ ބާރު އޮތް އެއްޗެއް ނޫން. އެއަކަށް ނުޖެހޭނެ އަމަލު ކުރާކަށް. އެއަށް އަމަލުކުރާ ފުލުހުންނާއި ސިފައިން ގަބޫލުކުރަން ޖެހޭނެ އެ މީހުންނާ ދޭތެރޭ ތަހުގީގާއި ޝަރީއަތް ހިންގޭނެ ދުވަހެއް އަންނާނެ. އެެހެންވީމަ މިކަންކަމާމެދު ވިސްނަވާއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
ރައީސް ޔާމީންގެ ދިގު ތަގުރީރުގައި އެމަނިކުފާނު ވަނީ ޖެނެރަލް ޝަމާލް އަށާއި ކޮމިޝަނަރު ހަމީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެ ދެ ބޭފުޅުން ކުރައްވަނީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަަމަށް ވިދާޅުވެ އެކަންކަމަށްވެސް އިންސާފު ގާއިމު ކުރެވޭނެ ކަަމަށް ވިދާޅުވެފައެވެ.
ކޮމިޝަނަރު ހަމީދުވެސް ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ދުވަހެއް އެބައޮތް ކަމަށާ ނޫން ނަމަ ދިގު މުއްދަތުގައި ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންފާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޝަމާލަކީ އާއިލީ ބޭފުޅެއް ކަމަށް ވިދާޅުވެ ހާލަތު ބަދަލުވުމުން އޭނާއާ ދެކޮޅަށްވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.
"ތިޔަ ސީޕީ ހަމީދަށްވެސް ޖެހޭނީ ގެއަށް ދާން. ނޫނީއާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން. އަނެއްކާވެސް ވާގޮތަކީ ގާތް މީހަކާ ދޭތެރޭ ފިޔަވަޅު އެޅީމަ އަޅުގަނޑުހާ ގޯސް މީހަކު ނުހުންނާނެ. ޝަމާލް [ޗީފް އޮފް ޑިފެންސް ފޯސް] އަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އެކަމަކު ހާލަތު ބަދަލުވެގެން ދިޔައްޔާ ކީއްވެގެންތޯ ޝަމާލާ ދޭތެރޭ ފިޔަވަޅު ނޭޅެންވީ. އެޅެން ޖެހޭނެ އެ ފިޔަވަޅު،" ޔާމީން ވިދާޅުވިއެވެ.
ތިޔަ ސީޕީ ހަމީދަށްވެސް ޖެހޭނީ ގެއަށް ދާން. ނޫނީއާ ދިގު މުއްދަތުގައި ޖެހޭނީ ޖަލުގައި ހޭދަކުރަން. އަނެއްކާވެސް ވާގޮތަކީ ގާތް މީހަކާ ދޭތެރޭ ފިޔަވަޅު އެޅީމަ އަޅުގަނޑުހާ ގޯސް މީހަކު ނުހުންނާނެ. ޝަމާލް [ޗީފް އޮފް ޑިފެންސް ފޯސް] އަކީ އަޅުގަނޑަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އެކަމަކު ހާލަތު ބަދަލުވެގެން ދިޔައްޔާ ކީއްވެގެންތޯ ޝަމާލާ ދޭތެރޭ ފިޔަވަޅު ނޭޅެންވީ. އެޅެން ޖެހޭނެ އެ ފިޔަވަޅުއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
ރައީސް ޔާމީން ވަނީ ރާއްޖޭގައި އިންޑިއާގެ ނުފޫޒަށް ފުރުސަތު ދިނީ ސިޔާސީ މައިދާނުން ފުރުސަތު ހޯއްދެވުމުގެ ދަހިވެތި ކަމުގައި ތިބި ސިޔާސީ ލީޑަރުންތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގޮތްކުޑަ މުޑުދާރު އަމަލެއް ކަމަށް ވިދާޅުވިއެވެ.
"އިންޑިއާ މީހުން މިތާންގައި އުޅެން ޖާގަ ދިނީ ސިޔާސީ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ހާރިޖީ މަސައްކަތުގެ ތެރެއަށް ދިވެހިރާއްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ޖާގަ ނުލިބޭ ބަޔަކު އެ ބަޔަކު އެ ޖާގަ ހޯދުމަށްޓަކައި. ހަމަ އެންމެ އާދައިގެ މީހުން ކުރާ ފަދަ ގޮތްކުޑަ މުޑުދާރު ކަންތައްތައް ކުރަން ބޭނުންވާ މީހުން އިންޑިއާ މީހުންނަށް ޖާގަ ދިނީ. ޖާގަ ދީގެން މި ކުރަނީ ކީއްތޯ. ޖާގަ ދީގެން މިކުރާ ކަމަކީ މިތަނުގެ ހުރިހާ ކަމެއް ހިންގަނީ މާލޭގައި އެ ހެރަ އެމްބަސީއަކުން ރާއްޖެ އެ ހިންގަނީ. ލަދުވެތިތޯ، ހުތުރުތޯ، ހަޑިމުޑުދާރުތޯ. ރާއްޖޭގެ މިސްރާބެއް ނެތް،" ޔާމީން ވިދާޅުވިއެވެ.