ކުރިއަށް އޮތް ބޮޑު އީދު ބަންދާ ދިމާކޮށް އަތޮޅުތަކަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ މާލެއިން ފުރާ ކަނޑުއުޅަނދު ފަހަރު ބަލައި ފާސްކޮށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ފުލުހުން އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ މީގެ ދެ ދުވަސް ކުރިން ފެށި މި އޮޕަރޭޝަނުގައި މާލޭގެ މީރު ބަހުރު ބަނދަރުން ފުރާ ބޯޓު ފަހަރާއި ބަނދަރުގައި އަޅާފައިވާ ބޯޓުތަކުގެ އިތުރުން މާލެ އަދި ހުޅުމާލެ ފެރީ ޓާމިނަލް ސަރަޙައްދުން ފުރާ ފެރީތަކާއި ޓީޖެޓީ ސަރަޙައްދުގައިވާ ކަނޑު އުޅަނދުފަހަރުތަކުގައި ސަލާމަތީގޮތުން ރައްކާތެރި އަދި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާނެ ކަމަށެވެ.
މި އޮޕަރޭޝަންގައު ބަރުމަރުކާ އާއި ޕަސެންޖަރުންގެ އަދަދާއި، ބޯޓުގައި ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކެއް ހަމައަށްހުރިތޯ އާއި އެއްވެސް އާލާތެއް ހަލާކުވެފައިވޭތޯ ބަލަމުންދާނެ އެވެ.