ރ. މީދޫ

މީހެއްގެ ކަރަށް ތޮޅިއެއް ހެރި ފަރުވާ ދެނީ

ރ. މީދޫ މީހެއްގެ ކަރަށް ތޮޅިއެއް ހެރި އަނިޔާވުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.

ރ. މަޑުއްވަރީ ދޯންޏެއްގައި ފީނަން އުޅުނު މީހާގެ ކަރަށް މީގެ ދެ ދުވަސް ކުރިން ތޮޅި ހެރުނީ ރޭގަނޑު ލައިޓް ޖައްސައިގެން ފ. އަތޮޅުގައި ފީނަމުން ދަނިކޮށެވެ.

އޭނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުންދާއިރު އޭނާގެ ކަރުގެ މައި ނާރަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަނިޔާވި މީހާގެ ހަށިގަނޑުގެ އެއްފަޅީގައި ވާގިވެސް ނެތުމާ ގުޅިގެން ޑޮކްޓަރުންގެ ލަފާގެ މަތިން އޭނާއަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާއަށް ގެންދިއުމަށް އާއިލާ އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.