ހަބަރު

އަޒްހަރު ޔުނިވާސިޓީގެ ޖަލްސާއެއްގައި މައުމޫން ތަގުރީރު ކުރައްވަނީ

މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގައި ބާއްވާ ބައިނަލްއަގުވާމީ އިސްލާމީ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް ދައުވަތު ދެއްވައިފި އެވެ.

އަޒްހަރު ޔުނިވަރސިޓީގެ ގްރޭޖުއޭޓުންގެ ބައިނަލްއަގުވާމީ ޖަމްއިއްޔާއިން ބާއްވަވާ އިސްލާމީ ޖަލްސާއެއްގައި ތަގުރީރު ކުރެއްވުމަށް ރައީސް މައުމޫންއަށް ދައުވަތު ދެއްވީ ޝައިހުލްއަޒްހަރު ޝައިހު ޑރ. އަހުމަދުއްތައްޔިބު އެވެ.

އެ ޖަލްސާ އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހާ ހަމަޔަށް، މެލޭޝިޔާގެ ކުއާލަލަމްޕޫރުގަ އެވެ. އަދި އެތަނުގައި ބަހުސް ކުރާ މައުލޫއަކީ "ތަފާތު ފިކުރުތަކުގެ މީހުން އެކުވެރިކަމާއެކު ދިރިއުޅުމުގައި ގެންގުޅެންވީ އިސްލާމީ އުސޫލުތައް" އެވެ. ރައީސް މައުމޫން ވެސް ތަގުރީރު ކުރައްވަނީ އެ މައުލޫގެ މައްޗަށެވެ.