ދުނިޔެ

ގުއާމަށް ހަމަލާދޭނެ ކަަމަށް އުތުރު ކޮރެއާއިން އަނެއްކާވެސް ބުނެފި

ޕެސިފިކް ކަނޑުގަައި އެމެރިކާގެ ބާރުގެ ދަށުގައި ވާ ޖަޒީޒާއެއް ކަަމަށްވާ ގުއާމަށް ހަމަަލާ ދޭނެ ކަމަށް އުތުރުކޮރެެއާއިން ބުނަމުން އަންނަ ބުނުން އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

އުތުރުކޮރެއާ ސަރުކާރުގެ ޓީވީ ' ކޭސީއެންއޭ' އިން އިއްޔެ ބުނީ ޖަޕާނުގެ ހޮކައިޑޯ ޖަޒީރާ މަތިން ޕެސިފިކް ކަނޑަށް އަންގާރަދުވަހު މިސައިލެއް ފޮނުވައިލީ ގުއާމަށް ހަމަލާދޭން ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

އަންގާރަ ދުވަަހު ފޮނުވައިލި މިސައިލާ ބެހޭ ގޮތުން އުތުރުން ބުނެފައި ވަނީ އެއީ ވަރަށް ކާމިޔާވު ޓެސްޓެއް ކަމަށެވެ. އެގޮތުން އެއީ ވެރިރަށް ޕިޔޮންޔޮން އިން ފޮނުވައިލި ފުރަތަމަ މިސައިލްކަން އެގައުމުން ފާހަގަކޮށްފައި ވެއެވެ.

އުތުރު ކޮރެއާއިން އުދުއްސައިލި މިސައިލް ޖަޕާނުގެ ހޮކައިޑޯ ޖަޒީރާ މަތިން ހުރަސް ކުރި އިރު އެ މިސައިލް ހަލާކުކޮށްލަން ޖަޕާނުން މަސައްކަތެއް ނުކެއެވެ. އެކަމަކު ޖަޕާނުގެ އިދާރާތަކުން ހޮކައިޑޯގެ ރައްޔިތުންނަށް އެންގީ ވަރުގަދަ އިމާރާތްތަކާއި ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށެވެ.

ޖަޕާނުގެ ވެރިރަށް ޓޯކްޔޯގައި ހުރި ބީބީސީގެ މުރާސިލު ރުޕާޓް ވިންފީލްޑް ހަޔީސްއާ ހަވާލާދީ އެ އެޖެންސީން ބުނީ އުތުރު ކޮރެއާއިން ފޮނުވައިިލި މިސައިލަކީ ނިއުކްލިއަ ވޯހެޑެއް އުފުލޭ ވަރުގެ މިސައިލެއް ކަމަށް ބެލެވޭ ކަމަށެވެ. އެ މިސައިލް ހޮކައިޑޯ މަތިން ގޮސް ވެއްޓުނީ ޖަޕާނުގެ އައްސޭރިފަށުގެ އުތުރުން 1180 ކިލޯމީޓަރު ދުރަށް ޕެސިފިކް ކަނޑުގެ ތެރެއަށެވެ.

ޖަޕާނާއި ދެކުނު ކޮރެއާގެ އިދާރާތަކާ ހަވާލާދީ ބީބީސީން ބުނީ އުތުރުން ފޮނުވައިލި މިސައިލް 342 މޭލު އުހުން 1678 މޭލު ދުރަށް އުދުހުނު ކަމަށެވެ. އަދި އެ މިސައިލް ވެއްޓުނީ ތިން ބުރިއަށް ބިނދިގެން ކަމަށް ވެސް ބުންޏެވެ.