ކްރިމިނަލް ކޯޓް

ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުން ގާނޫނާ ހިލާފެއް ނޫން: ކޯޓް

ގާޒީ އާދަމް އާރިފް-- އަވަސް ފޮޓޯ
0%
0%
0%

ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަކީ ރާއްޖޭގެ ޖިނާއީގެ ނިޒާމްގައި އާ ކަމެއް ނޫން ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ވިދާޅުވެއްޖެ އެވެ. ގާޒީ އެހެން ބަޔާން ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގި ޝަރީއަތުގެ ރިޕޯޓްގަ އެވެ.

އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ކުރިމިނަލް ކޯޓުން އާންމު ކޮށްފައިވާއިރު، ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމުގެ މަފްހޫމަކީ އާ މަފްހޫމެއް ނޫންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނު 107 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމުން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ. އެ މާއްދާގެ (ނ) ގެ 10 ވަނަ ނަންބަރުގައި ބުނެފައިވަނީ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވާ މީހުންގެ ޝަރީއަތް އެމީހުންގެ ޣައިރު ހާޒިރުގައި ހިންގިދާނެ ކަމަށެވެ.

އެގޮތުން އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވާ މީހާއަށް ލިބިނުދެވޭނެ ހައްގުގެ ތެރޭގައި އޭނާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ހިމެނޭ ކަމަށާއި އެ މާއްދާގެ (ށ) އަށް ބަލާއިރު އިބްދާއީ އަޑުއެހުމަށް ދައުވާ ލިބޭ ފަރާތް ހާޒިރު ނުވާ ހާލަތަކީ އެމީހެއްގެ ޣައިރު ހާޒިރުގައި އެމީހާ އެ ދައުވާއަށް އިންކާރު ކުރީ ކަމަށް ފަނޑިޔާރު ކަނޑައަޅަންޖެހޭ ހާލަތެއްކަން އެނގެން އޮންނަ ކަމަށެވެ.

"އަދުލު އިންސާފަށް ހުރަސްއެޅިގެންދާ ފަދަ ގޮތަކަށް ޝަރީއަތަށް ހާޒިރުވުމުގެ ހައްގު ދޫކޮށްލާނަމަ ދައުވާ ލިބޭ ފަރާތުގެ އެ އަމަލު ދައުލަތުން ހުށަހަޅާ ކަން ކަމަށް އެ ފަަރާތުން އިންކާރު ކުރަނީ ކަމަށް މާނަކޮށް އެ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް ދައުލަތުން އެދޭނަމަ އެކަން އެގޮތަށް ކުރުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފުވެގެންވާ ކަމަށް ބަލާނެ ހަމައެއް ނެތް،" ރިޕޯޓްގައި ބުނެފައިވެ އެވެ.

"އަދުލު އިންސާފަށް ހުރަސްއެޅިގެންދާ ފަދަ ގޮތަކަށް ޝަރީއަތަށް ހާޒިރުވުމުގެ ހައްގު ދޫކޮށްލާނަމަ ދައުވާ ލިބޭ ފަރާތުގެ އެ އަމަލު ދައުލަތުން ހުށަހަޅާ ކަން ކަމަށް އެ ފަަރާތުން އިންކާރު ކުރަނީ ކަމަށް މާނަކޮށް އެ ފަރާތުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް ދައުލަތުން އެދޭނަމަ އެކަން އެގޮތަށް ކުރުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފުވެގެންވާ ކަމަށް ބަލާނެ ހަމައެއް ނެތް،" ރިޕޯޓްގައި ބުނެފައިވެ އެވެ.
ޝަރީއަތުގެ ރިޕޯޓް | ކްރިމިނަލް ކޯޓް

ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، މައްސަލާގެ ހުކުމް ދައުވާ ލިބޭ ގާސިމްގެ ޣައިރު ހާޒިރުގައި ކޮށްފައިވީ ނަމަވެސް ހުލާސާ ބަޔާން އިއްވުމާއި އަދަބު ކަނޑައެޅުމުގެ މަޖިލިސް ފިޔަވައި އެހެން ހުރިހާ ޝަރީއަތުގެ މަޖިލީހެއް ވެސް ބާއްވާފައިވަނީ ގާސިމްގެ ހާޒިރުގައި ކަމަށެވެ. އަދި އެ ފަރާތުން ފާހަގަކުރަން ބޭނުންވާ ހުރިހާ ކަމެއް ފާހަގަކުރުމަށް ވެސް ފުރުސަތު ދިން ކަމަށާއި ހުލާސާ ބަޔާން އިއްވާ މަޖިލީހަކީ ޝަރީއަތުގައި ހިނގައިދިޔަ ކަންކަމުގެ ހުލާސާ އިއްވުމަށް ބާއްވާ އަޑުއެހުމެއް ކަމަށާއި އެ އަޑުއެހުމުގައި އާ ކަމެއް ހުށަހަޅަން ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި އަދަބު ދަށް ކޮށްދިނުމަށް ދައުވާލިބޭ ފަރާތުން އެދުނަސް ނުވަތަ ނޭދުނަސް އަދަބު ދަށް ކުރަންޖެހޭ ހާލަތެއް ސާފު ހެކިން ސާބިތުވާނަމަ އަދަބު ދަށް ކުރުމަކީ ގާޒީއަށް ލާޒިމް ކަމެއް ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"އެހެންކަމުން މި މައްސަލާގައި ދައުވާ ލިބޭ ފަރާތުގެ މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ދައުވާ ލިބޭ ފަރާތުގެ ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގު އުނިވެފައިވާ ކަމަށް ނުބެލެވޭނެ،" ރިޕޯޓްގައިވެ އެވެ.

ރިޝްވަތު ހުށަހެޅުމުގެ ކުށް ގާސިމްގެ މައްޗަށް ސާބިތުވެ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި، އެމަނިކުފާނު ބޭރަށް ވަޑައިގެން ބޭސްފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެ ހުކުމްގައި ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރު މިހާރު ވަނީ ބަންޑާރަ ނައިބު އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ގާސިމްގެ ޖަލު ހުކުމް ގޭގައި ތަންފީޒުކުރުމުގެ ހުއްދަ ކަރެކްޝަން ސާވިސްއިން ވަނީ ގާސިމަށް ދީފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އޮޅުވާލުން

ސަދމގައި ހުކުމްކުރާފެންވަރައްވުރެ މިސޮރުމާމޮޅު

ސޮނިފޮތި

ގާނޫނާ ހިލާފު އެއްވެސް ކަމެއް މިހާރު އޮވޭތަ.

ފަޅުވެރިން

ޣައިރުހާޒިރުގައި ނުހިންގާ ކިހިނެތްހޭ ހަދާނީ، ޗިޓު ހަމަ ފޮނުވީއިރަށް ގޮސް ވަންނަނީ އައިސީޔޫއަށޭ!! މަގޭ ވާހަކައަކީ މިކަހަލަ ފިނޑިން ކީއްކުރަންހޭ ކަންކަން ކުރަންއުޅެނީ؟ މިހާރުވެސް ބައްޔޭ ކިޔައިގެން އުޅެނިކޮށް އަނގަވިހަވެގެން ޙަޤީޤަތުގައިވެސް ބަލިވެއްޖިއްޔާ ދެން ކިހިނެތްހޭ ހަދާނީ؟ ސޭޓަކީ ނުލާހިކު ފިނޑި، ނަފްސު ބަލިކަށީ މީހެއް! ހަމަ ކިރިޔާ ކަމެއްވާއިރަށް ދެފައިތަޅާފައި ރޯން ފަށާނެ! މިވަރުގެ މީހުން ކަންކަމާ ނޫޅެ ރީތިކޮށް ވިޔަފާރިކޮށްލައިގެން ތިބެންވީނުންހޭ؟ ސޭޓު ކުރިމަތިލި ކޮންމެ ކަމެއްވެސް ކާމިޔާބު ކުރާނެއޭ ކިޔައިގެން މީހުން ކުރި ޚުޝާމަދަށް ހެއްލިގެން މިވީ ދެމީދާ ފެހި ބުޅަލަށް ވީވަރޭ! އަނހަ، ކިހިނެތްހޭ ރައްޔިތުން މިހާ ލޯބިވާ، ލޯބިލޯބި، ފަރިފަރި، ނަލަނަލަ، ގަދަފަދަ ސަރުކާރަކާ ދިމާ އިދިކޮޅަށް ދިމާކޮށްގެން ކާމިޔާބުވާނީ؟ ސޭޓު ފަކީރު މިފަހަރު ހަމަ ޙަޤީޤަތުގައިވެސް ލުޣަވީ މާނައިން ރަނގަޅަށް ހޭއަރައިފި! ދެންވެސް ތިޔައުޅޭ ތިމަރަފުށީ ޢަބްދުﷲ ރިޔާޒާއި، ދިއްދޫ ސަމީރުމެން ދުރުކުރަންއުޅޭ! އެހެންނޫނީ ތިމާގެ ހަންގަނޑުވެސް ނޭނގެ ސަލާމަތްވާނެ ކަމެއް!!

އަސްދަނޑި

ތީގެ 2 މަހުޖަނަކު މިޤައުމުގައި ތިބެ ވެރިކަމަށް ދުއްތުރާ ކުރާތާ ދުވަސްވެއްޖެ ﷲ ތއެބައިމީހުންވެސް ައިތިރކުރައްވައި މި ޤައުމުގެ ވެރިކަމައި އިސްތިޤްލާލް ސަލާމަތްކުރައްވާށި.!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345