ހަބަރު

ދިގުރަށުން ފެނުނީ ގޮވާ އެއްޗެއް ނޫން: އެމްއެންޑީއެފް

އދ. ދިގުރަށުގެ އަތިރިމަތިން ފެނުނީ ގޮވާ ޒާތުގެ އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ދިގުރަށް އަތިރިމަތިން ގޮވާޒާތުގެ އެއްވެސް ކަމަށް ޝައްކު ކުރެވިގެން އެ ރަށު ކައުންސިލްުން ސިފައިންނަށް މިއަދު 11:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ބެލިބެލުމުން އެއީ ހުސް ކޮންޓެއިނަރެއް ކަމަށާއި ގޮވާ ޒާތުގެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

ދިގުރަށު ކައުންސިލް މެންބަރަކު ވިދާޅުވީ އެ ރަށުން ފެނިފައި ވަނީ "އެމް 2 އެކްޕްލޯސިވް ޑިވައިސް" އެއް ކަމަށެވެ. އަދި އެ ފެނިފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ރަށުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް ކަމަށެވެ. އަދި މިހާރު މުޅި ސަރަހައްދު ބަންދުކޮށްގެން ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.