މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްގެ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި

މާލޭ ސިޓީ ކައުންސިލުން މާލޭގައި ހިންގަމުންދިޔަ ގަސް ފިހާރަތައް ހުޅުމާލެއަށް ބަދަލުކޮށްފި އެވެ.

"މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސް ކާނާ ވިއްކާ ތިން ފިހާރެއް މާލޭ ސިޓީ ކައުންސިލުން ދިޔައީ މާލޭގައި ހިންގަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ފިހާރަތައް ހުޅުމާލެއަށް ބަދަލުކުރީ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

ގަސް ވިއްކާ ތަން ބަދަލުކުރީ ހުޅުމާލޭގައި ހިންގާ ނާސަރީ އައުޓްލެޓަށެވެ.

ތަފާތު ވައްތަރުގެ ގަހާއި ގަސްކާނާ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން މާލޭގެ ކާނިވާ ސަރަހައްދުގައި "މާލެ ފެހި"ގެ ނަމުގައި ގަސް ވިއްކާ ފިހާރައެއް ހުޅުވީ އޮކްޓޫބަރު 18، 2022 ގަ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް އެ ފިހާރައިން ހިދުމަތް ދޭތީ ފިޔަވަޅު އަޅަން އޭރު އިކޮނޮމިކް މިނިސްޓްރީންވެސް ނިންމި އެވެ.