މާލޭ ސިޓީ ކައުންސިލް

ބުޅާ ފެސިލިޓީއަށް ތަކެތި ހޯދަން ރެޕިޑް އިންޖިނިއަރިންއަށް ހަވާލުކޮށްފި

ހުޅުމާލޭގައި ހަދަމުންދާ ބުޅާ ފެސިލިޓީއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ރެޕިޑް އިންޖިނިއަރިން ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 210,036.61 ރުފިޔާއަށް ކަމަށެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ބުޅާ ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. އެތަން އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ފެސިލިޓީ ހެދުމުގެ މަސައްކަތް ފެށީ މާލޭ ސަރަހައްދުގެ މަގުތަކާއި އާންމުން އެއްވާ ފަދަ ތަންތަނުގައި ބުޅާތައް ގިނަވެފައިވުމުގެ ސަބަބުން ބުޅާތަކަށް އަޅާލާ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށެވެ.

ފެސިލިޓީ އެޅަމުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިމެއްގައެވެ.

މި ފެސިލިޓީގައި ބުޅާތަކަށް ހިޔާވެހިކަމާއި، ސިއްހީ ގޮތުން އެކަށޭނަ ފަރުވާ ލިބި، ބުޅާތަކަށް ހާއްސަ ކްލިނިކާއި ލެބޯޓްރީއެއްގެ އިތުރުން ކަރަންޓީނު ކުރެވޭނެ ސަރަހައްދެއްވެސް އޮންނާނެ އެވެ.