ހަބަރު

މާލެއިން ގެއްލުނު އަންހެން ކުއްޖާ ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުން އައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖާ ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ދ. ހަންޏާމީދޫ، ބްލޫހެވަން އައިޝަތު ޝިމްރީން އިމާދު ފެނުނީ މިރޭ 11:00 ހާއިރު ހުޅުމާލެ މަގެއްގެ މަތިން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މާލޭގައި ކިޔަވަމުން އަންނަ މި އަންހެން ކުއްޖާ ގެއްލިގެން ހޯދަން ފެށީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ.

އަންހެން ކުދިން ގެއްލިގެން ހޯދަން ޖެހުމަކީ މާލެއިން ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން އާއިލާއިން ފުލުހަށް އަންގާފައިވެ އެވެ. އެ ކުއްޖާ ފެނުނީ މާލެއިންނެވެ.