ޓޫރިޒަމް

ހިލްޓައިން ރާއްޖޭގައި އާ ރިސޯޓެއް ތަރައްގީ ކުރަނީ

Sep 3, 2017
1

މަޝްހޫރު ހިލްޓަން އިން ރާއްޖޭގައި އިތުރު ރިސޯޓެއް ތަރައްގީކޮށް ހުޅުވަން ނިންމައިފި އެވެ. ތިން ރަށެއް ގުޅުވާލައިގެން މި ރިސޯޓް ތަރައްގީ ކުރަނީ މާލެ އަތޮޅުގަ އެވެ.

ހިލްޓަން އިން ބުނީ 130 ކޮޓަރީގެ ރިސޯޓް ހުޅުވާނީ 2019 ގައި ކަމަށާއި އެ އަހަރުގެ ކުރީ ކޮޅު ރިސޯޓް އޮޕަރޭޝަނަށް ގެންނަ އިރު އެ ރިސޯޓަކީ މަތީފެންވަރުގައި ހިދުމަތްދޭ އަ ގުބޮޑު ދޭ ބްރޭންޑު، ވޯލްޑޯފް އެސްޓޯރިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ރިސޯޓެއް ކަމަށެވެ.

ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ނަމުގައި ހުޅުވާ މި ރިސޯޓުގައި ހަ ރެސްޓޯރެންޓު އަޅާނެ އެވެ. މި ރިސޯޓް ހުޅުވާއިރު ހިލްޓަންއިން އދ. ރަންގަލީގައި ހިލްޓަންގެ ކޮންރަޑް ކުރިޔަށް ގެންދެ އެވެ.