ހަބަރު

ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ދެ ކުޑަކުދިން

މިދިޔަ ބުދަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ކަމަށް ފުލުހުން ބުނެފި އެވެ. އެ އެކްސިޑެންޓުގައި އުމުުރުން ދުވަސްވީ މީހަކު ވަނީ މަރުވެފަ އެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާއިރު އަނެއް ކުއްޖާވަނީ 15 ދުވަހަށް ގޭ ބަންދުކޮށްފަ އެވެ.

އެ އެކްސިޑެންޓަށް ފަހު ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ތ. ތިމަރަފުށި އިރަމާގޭ އުމުރުން 62 އަހަރުގެ އިބްރާހިމް ރަޝީދު އާދަމެވެ. އޭނާ މަރުވީ އެކްސިޑެންޓުގައި ބޮލަށް ލިބުނު ގެއްލުންތަކަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މިދިއަ ހުކުރު ދުވަހުގެ ހަވީރު އެވެ.

އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ ހަބީބު ބޭންކު ސަރަހައްދަށް ދަރިފުޅު ބަލައިގޮސް ރަޝީދު ސައިކަލް ޕާކް ކުރަން އުޅެނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިއެވެ. އެކްސިޑެންޓުވުމާ އެކު އަނެއް ސައިކަލް ދުއްވަން އިން މީހާ ފިލާފައިވާ ކަމަށްވެ އެވެ.