ހަބަރު

ސިވިލް ސާވިސްގެ ވަފުދެއް ޗައިނާއަށް ފުރައިފި

Sep 4, 2017
2

ޗައިނާގައި ކުރިޔަށްދާ "ސެމިނާ އޮން ޕަބްލިކް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވަންޓްސް އޮފް މޯލްޑިވްސް" ގައި ބައިވެރިވާން ރާއްޖޭގެ ސިވިލް ސާވިސްގެ ވަފުދެއް ޗައިނާއަށް އިއްޔެ ފުރައިފި އެވެ.

ސިވިލް ސާވިސްގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި ސިވިލް ސާވިސް ކޮމިޝަނުގެ ބައެއް މުވައްޒަފުންގެ އިތުރުން ދައުލަތުގެ ބައެއް އެހެން އިދާރާތަކުގެ މުވައްޒަފުންނާއެކު 30 މުވައްޒަފުން ޗައިނާއަށް ކުރާ މި ދަތުރުގައި ޗައިނާގައި މުވައްޒަފުންނަށް ތަމްރީނުދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާ ކަމުގައިވާ "ޗައިނީޒް އެކަޑަމީ އޮފް ގަވަރނަންސް" ގައި ތަމްރީނުތައް ހޯދާނެ އެވެ.

މި ސެމިނާއަކީ މިފަދަ ހަތްވަނަ ސެމިނާ އެވެ. މާދަމާއިން ފެށިގެން މި މަހުގެ 25 އަށް ކުރިޔަށްދާ މި ސެމިނާގައި ޗައިނާގެ ސިވިލް ސަރވިސްއާ ބެހޭގޮތުންނާއި، ޗައިނާއަށް ތަރައްގީ ގެނެވުނު ގޮތާއި، އަދި ޗައިނާގައި ކާމިޔާބު ކަމާއެކު ހިނގާ އިގްތިސޯދީ އިޖްތިމާއީ އަދި ސިޔާސީ ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާ ދޭނެ އެވެ.