ޑރ. މުހައްމަދު މުއިއްޒު

ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް ކަމަށާއި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމުގައިވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހެވެ.

އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސިން އިން މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "އަވާ ނާސަސް، އަވާ ފިއުޗާ. ދަ އިކޮނޮމިކް ޕަވާ އޮފް ކެއާ" އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910