ވިޔަފާރި

ދުބާއީގެ ކުންފުންޏަކުން މަޑިވަރުގައި ރިސޯޓެއް

ދުބާއީގެ އިމާރު ހޮސްޕިޓަލިޓީ ގުރޫޕަށް އއ. އެތެރެ މަޑިވަރުގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސްތަކުގައިވާ ގޮތުން، ދުބާއީގެ އިމާރު ހޮސްޕިޓަލިޓީ ގުރޫޕުން މަޑިވަރިގައި ތަރައްގީ ކުރާ ރިސޯޓުގައި 11 ވިލާ ހުންނާނެ އެވެ.

މަޑިވަރުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ދޫކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފިނޮޅު އިންވެސްޓްމެންޓްގެ ވެރިޔާ އާދަމް އަބްދުލް ގަފޫރަށެވެ. އެ ކުންފުނިން ވަނީ އިމާރު ކުންފުންޏާއެކު މެނޭޖުމަންޓް އެއްބަސްވުމެއް ގާއިމްކޮށް މި ރިސޯޓު 2020 ވަނަ އަހަރު ހުޅުވަން ނިންމާފަ އެވެ.

ދުބާއީގެ އިމާރު ގުރޫޕުން ދުނިޔޭގެ އެކި ހިސާބު ތަކުގައި 29 ހޮޓެލް ހިންގަމުންދެ އެވެ.