ލައިފްސްޓައިލް

މިއީ ޤުރުއާން ކިޔަވާ ބާބީ ޑޯލް އެއް!

Sep 6, 2017
1

ފުރާންސްގެ އަންހެން ވިޔަފާރިވެރިޔެއް ކަމަށްވާ ސާމިރާ އަމާރިރް އުފެއްދި ބާބީޑޯލް އަކީ އެހެން ބާބީސް ތަކުން ދައްކުވައިދޭ "ޕޮޝް" ލައިފާ ހިލާފަށް ދީނީ އިސްލާމީ ވަންތަ ބާބީ އެކެވެ.

ދަނބު ކުލައިގެ ދިގު އަބާޔާއަކާއެކު ބުރުގާ އަޅައިގެން ހުންނަ މި ބާބީ ގުރުއާނުގެ ހަތަރު ސޫރަތް ކިޔަވަ އެވެ.

އަމާރިރް ބުނި ގޮތުގައި ބާބީ އެއް އުފެއްދުމުގެ ހިޔާލު އުފެދިގެން އައީ އޭނާގެ އުމުރުން ދެ އަހަރުގެ ދަރިފުޅު ޖެނާއަށް ކުޅޭ އެއްޗެއް ހޯދައިދޭން ޖެހުނު ހިސާބުންނެވެ. އޭނާ ބޭނުންވީ ދަރިފުޅު ކުޅުމުގެ ތެރެއިން ޤުރުއާން އުނގެނޭނެ އެއްޗެއް ހޯދައިދޭށެވެ.

އޭނާގެ ދަރިފުޅު ޖެނާގެ ނަމުން ނަން ދީފައިވާ މި ބާބީ އުފެއްދުމަށް ހަތަރު އަހަރު ހޭދަކޮށްފައިވެ އެވެ. އަދި މިހާރު ގަލްފްގެ އަރަބި ގައުމުތަކުން މި ބާބީ ލިބެ އެވެ.

އަމާރިރް ބުނީ ކުދިންނަށް ފަސޭހައިން ދަސްވާ ގޮތަށް، ހަތަރު ސޫރަތް ކިޔަވާ ގޮތަށް ތައްޔާރުކޮށްފައިވާ ބާބީގެ ސަބަބުން ކުދިންނަށް އަވަހަށް ސޫރަތްތައް ރީތިކޮށް ކިޔަން ދަސްކޮށްދޭނެ ކަމަށެވެ.