ދުނިޔެ

އިރްމާއިން ކެރީބިއަންގެ ރަށްތަކަށް ބޮޑެތި ގެއްލުންތައް ވެެއްޖެ

އެޓްލާންޓިކް ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން "ހަރިކޭން އިރްމާ"ގެ ސަބަބުން ކެރީބިއަންގެ ކުދި ބައެއް ޖަޒީރާތައް މުޅިން ހަލާކުވެެއްޖެ އެވެ.

އެންޓިގުއާ އެންޑް ބާބުޑާ ނަމަކަަށް ކިޔާ، ކުޑަ ގައުމުގަައިވާ ދެރަށުގެ ތެރެއިން ބާބުޑާ ވަނީ މުޅިން ބިމާ ހަމަަވެފައިި ކަމަށް އެގައުމުގެ ބޮޑުވަޒީރު ގެސްޓަން ބްރައުންއާ ހަވާލާދީ ނޫސްތަކުން ބުންޏެވެ. ކެރީބިއަން ސަރަހައްދުގައި ފްރާންސްގެ ބާރުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ސެއިންޓް މާޓިން ވެސް ވަނީ މުޅިން ހަލާކުވެފައެވެ.

ތޫފާން އިރްމާގައި ކެރީބިއަން ސަރަހައްދުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަތަކަށް އަރާފައެވެ. ނަމަވެސް އެ އަދަދު އަދި މައްޗަށް ދާނެ ކަަމަށް ވަނީ ބެލެވިފައެވެ.

ތޫފާން އިރުމާގެ ބާރު މިހާރު ހުރީ ކެޓަގަރީ ފަހެއްގައެވެ. އެއީ ތޫފާނެއްގެ ބާރުގަދަކަން ވަޒަންކުރާ އެންމެ މަތީ މިންގަނޑެވެ. އެތޫފާން އަރައިފާނެ ކަމަށް ބެލެވިގެން އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ބައެއް ސަރަހައްދުތަކުން މިހާރު ވަނީ މީހުން އެހެން ސަރަހައްދުތަކަަށް ބަދަލުކުރަން ފަށާފައެވެ.

ތޫފާން އިރުމާގެ ސަބަބުން ރަށްތައް ހަލާކުވަމުން ދާއިރު އެޓްލާންޓިކް ކަނޑުގައި އުފެދުނު އިތުރު ދެކޮޅިގަނޑެއް މިހާރު ވަނީ ތޫފާންތަކަށް ބަދަލުވެފައެވެ.