ދުނިޔެ

ލީބިޔާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 3،845 އަށް

އިރުމަތީ ލީބިޔާގައި ފެންބޮޑުވެ އެއްގަމު އުޅަނދުފަހަރު ފެނުއަޑީގައި -- އިމާރާތްތައް ބޮލަށް ވެއްޓުމުގެ ސަބަބުން ވެސް އެތައް ބަޔަކު މަރުވި
0%
0%
0%

ސެޕްޓެމްބަރު 10 ގައި އިރުމަތީ ލީބިޔާއަށް އެރި ޑޭނިއެލް ތޫފާނުގައި މަރުވި މީހުންގެ ރަސްމީ އަދަދަކީ 3،845 ހަމަށް އެ ގައުމުގެ އިދާރާތަކުން ކަނޑައަޅައިފި އެވެ.

އެމެޖެންސީ ކޮމިޓީގެ މެމްބަރު މުހައްމަދު އަލްޖަރީރު ވިދާޅުވީ މަރުވި މީހުން އަދަދު އަދި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހު އެކަނިވެސް 43 ހަށިގަނޑެއް ވަނީ ފެނިފަ އެވެ.

ލީބިޔާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އދގެ ހިސާބުތަކުން ދައްކަނީ 3،958 ގޮތުގަ އެވެ. އޮފިޝަލުން ބުނާ ގޮތުން މި އަދަދު އަދި އިތުރުވުމަކީ ވެދާނެ ކަމެކެވެ.

ހެލްތު މިނިސްޓަރު އުސްމާން އަބްދުލް ޖަލީލު ކުރިން ވިދާޅުވި ގޮތުގައި ގެނބިގެން މަރުވި މީހުންގެ އިތުރުން އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އަދި އެންމެ ބޮޑަށް ހާލުގައި ޖެހުނީ އައްސޭރި ފަށުގައި ދިރިއުޅޭ މީހުން ކަމަށް ވިދާޅުވި އެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ރެޑް ކްރެސެންޓް އޮފިޝަލުން ބުނާ ގޮތުން މަރުވި މީހުންގެ ތެރޭގައި ގިނައީ ގެނބިގެން މަރުވި މީހުންނެވެ. މީހުން ސަލާމަތްކުރުމުގައި ހަކަރާތްތެރިވި އެ ޖަމާއަތުގެ ހަތަރު އޮފިޝަލަކުވެސް ގެނބިގެން ވަނީ މަރުވެފަ އެވެ.

ފެންގަނޑު ބޮޑުވުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އަދި ބޮޑެތި ގަސްތައް ބިމުން އުފުރިގެން ގޮސްފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މަރުވި މީހުންގެ ތެރޭގައި އިމާރާތްތަކުގެ ދަށުވެ އަދި ވަޅުލެވިގެން މަރުވި މީހުން ވެސް ހިމެނޭ ކަމަށް ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި އޮފިޝަލުން ވިދާޅުވި އެވެ.

ލީބިޔާއަށް އެހީވުމަށް އަރަބި ގައުމުތަކުން ވަނީ ބޮޑެތި ކެމްޕޭންތައް ހިންގާފަ އެވެ. ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެެމިރޭޓްސް އަދި ގަތަރުން ވެސް ވަނީ އެހީ ފޮނުވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑޮކްޓަރުންގެ ޓީމްތަކާއި މެޑިކަލް ޓެންޓްތައް ސައޫދީ އާއި ތުރުކީން ވެސް ލީބިޔާއަށް ވަނީ ފޮނުވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345