ތޫފާން

ޗައިނާއަށް ވެލިތޫފާނެއް، 400 ފްލައިޓް ކެންސަލް

ޗައިނާއަށް މިވަރުގެ ވެލިތޫފާނެއް ފާއިތުވި 10 އަހަރު ތެރޭގައި ވެސް އަރާފައި ނުވާ ކަމަށް މޫސުމާ ބެހޭ މާހިރުން ވިދާޅުވޭ
0%
0%
0%

ޗައިނާއަށް ވެލިތޫފާނެއް އެރުމުގެ ސަބަބުން އެއާ ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއަރައިފި އެވެ. ލޯކަލް މީޑިއާ ބުނާ ގޮތުން ކެންސަލް ކުރަން ޖެހުނު ފްލައިޓްތައް ސަތޭކައިން ވަނީ ގުނަންޖެހިފަ އެވެ. މޫސުން ލަފާ ކުރާ އިދާރާތަކުން ބުނަނީ މިވަރުގެ ވެލިތޫފާނެއް ޗައިނާއަށް އެރި ހަނދާން ނެތް ކަމަށެވެ.

ޑެއިލީ ގްލޯބަލް ޓައިމްސް ރިޕޯޓް ކޮށްފައި ވަނީ 400 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހުނު ކަމަށެވެ. މައިގަނޑު ގޮތެއްގައި ފްލައިޓްތައް ކެންސަލްކޮށްފައި ވަނީ ބީޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުން އަދި ބީޖިން ތާޝިން އިންޓަނޭޝަލް އެއާޕޯޓުން ކަމަށެވެ.

ޗައިނާގެ އުތުރަށް އެރި ވެލިތޫފާން ފެތުރިގަނެ 12 ޕްރޮވިންސަކަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވެ އެވެ. މީގެ ދުވަަސްކޮޅެއް ކުރިން ބީޖިންގެ ވައިނުސާފުވެ ދިމާވި ހާލަތުގައި ކައިރިގައި ހުންނަ މީހާ ނުފެންނަ ވަރުވި ކަމަށް އެއިރު ބުނެވުނެވެ. ވެލިތޫފާނުގެ ސަބަބުން ވެސް ކުރެވުނީ ހަމަ އެއްތަޖުރިބާއެއް ކަމަށް އާންމުން ބުންޏެވެ.

ވެލިތޫފާން ޗައިނާއަށް އަރާފަައި ވަނީ މޮންގޯލިއާގައި ދެތިންދުވަހު ފެތުރުމަށް ފަހު އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނުވަ މީހަކު މަރުވެ 11 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ޗައިނާ މީޓީއޮރޮލޮޖިކަލް އެޑްމިނިސްޓްރޭޝަންއިން މީޑިއާއަށް މައުލޫމާތުދެއްވަމުން އޮފިޝަލަކު ވިދާޅުވީ މޮންގޯލިއާ ސަރަހައްގުގައި ކޮޅިގަނޑު އުފެދުމުން ވެސް ތިބީ ވިސްނައިގެން ކަމަށާއި ތޫފާންއެރީ ވަރަށް ބާރަށް ކަމަށެވެ. ވެލިތޫފާން އެރި ސަރަހައްދުގެ ވައި ސާފުވާން ދުވަސްކޮޅެއް ނަގާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345