ދުނިޔޭގެ ރޭންކިންގެ 24 ވަނައިގައި އޮތް ޑެލް ޕޮޓްރޯ، ރޮޖާ ފެޑެރާ ކަޓުވާލުމަށްފަހު ޔޫއެސް އޯޕަން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. ޑެލް ޕޮޓްރޯ މިމެޗު ކާމިޔާބުކުރީ 7-5 3-6 7-6 4-6 ގެ ނަތިޖާއަކުންނެވެ.
ޑެލް ޕޮޓްރޯ ސެމީފައިނަލުގައި ވާދަ ކުރަން ޖެހޭނީ ރަފޭލް ނަޑާލްއާ އެވެ. ފެޑެރާ ކުއާޓާފައިނަލުން ބަލިވުމާއެކު ދުނިޔޭގެ ރޭންކިންގެ އެއްވަނަ ރަފޭލް ނަޑާލްއަށް ކަށަވަރުވީ އެވެ. ސަބަބަކީ ރޭންކިންގެ ދެވަނައިގައި އޮތް އެންޑީ މުރޭ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމެވެ.
ޑެލް ޕޮޓްރޯ އާއި ފެޑެރާ މީގެ ކުރިން ވާދަ ކޮށްފައިވަނީ 2009 ވަނަ އަހަރުގެ ޔޫއެސްއޯޕަން ފައިނަލުގަ އެވެ. އެ ފަހަރުވެސް ޑެލް ޕޮޓްރޯ ވަނީ ފެޑެރާގެ މައްޗަށް ކުރިހޯދާފަ އެވެ. އެއީ ޑެލް ޕޮޓްރޯގެ ކެރިޔަރުގައި އޭނާ ކާމިޔާބު ކޮށްފައިވާ ހަމައެކިނ ގްރޭންޑް ސްލޭމް އެވެ.
ނަވާރަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ދެނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތް ރޮޖާ ފެޑެރާ ޔޫއެސްއޯޕަން މުބާރާތައް ނިކުތީވެސް އަނިޔާގައި ހުރެގެންނެވެ. ރޭގެ މެޗުގައި ފެޑެރާއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާކަމަށް އޭނާވަނީ ބުނެފަ އެވެ. ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާއަށް އެންމެ ފަހުން ޔޫއެސްއޯޕަން ކާމިޔާބުކުރެވިފައިވަނީ 2008 އަހަރުއެވެ.