ކުޅިވަރު

ޑެލީ އަލީ ސަސްޕެންޝަނަކާ ދިމާލަށް

އިނގިރޭސި ގައުމީ ޓީމާއި ސްލޮވާކިޔާ ވޯލްޑް ކަޕް ކޮލިފައިންގައި ބައްދަލު ކުރި މެޗުގައި ޑެލީ އަލީ ކުޅިވަރުގެ ރޫހާ ހިލާފު އިޝާރާތެއް ކުރުމުން އޭނައާ މެދު ފިޔަވަޅު އަޅަން ފީފާގެ ޑިސިޕްލިނަރީ ކޮމެޓީއަށް ފޮނުވައިފި އެވެ.

މެޗުގެ 77 ވަނަ މިނިޓުގައި ސޮލޮވާކިޔާގެ ޑިފެެންޑަރު މާޓިން ސްކާޓެލް، އަލީ އަތުން ބޯޅަ ހޯދުމުން އޭނާ ވަނީ ރެފްރީއަށް ހިލޭ ޖެހުމަކަށް އެޕީލްކޮށްފަ އެވެ. ނަމަވެސް ރެފްރީ ވަނީ ފައުލެއް ނޫން ކަމަށް ބުނެ ކުޅުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައެވެ. މިކަމާ ހިތްހަމަ ނުޖެހިގެން އޭނާ ވަނީ ރެފްރީއާ ދިމާލަށް ކުޅިވަރުގެ ރޫހާ ހިލާފު އިޝާރަތެއް ކޮށްފަ އެވެ. އެވަގުތު ރެފްރީ ހުރީ އަލީއަށް ފުރަގަސްދީގެންނެވެ.

ނަމަވެސް މެޗަށްފަހު އަލީ ބުނެފައިވަނީ އޭނާ އެއިޝާރަތް ކޮށްފައިވަނީ ރެފްރީއަށް ނޫން ކަމަށާއި އެނާ އެ އިޝާރަތް ކޮށްފައިވަނީ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާއަށް ކަމަށެވެ. ނަމަވެސް އެ ހާދިސާ އަލުން ބެލުމުން އޭނާ އެއިޝާރަތް ކޮށްފައިވަނީ ރެފްރީއަށް ކަންއެންގެ އެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތަށް ބުނާ ގޮތުގައި މިމައްސަލަ ފީފާއިން ބެލުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅުއެވެ.