ދުނިޔެ

ހަބީބު ބޭންކް އެމެރިކާގައި މަނާކޮށް 225 މިލިޔަން ޑޮލަރުން ޖޫރިމަނާ

ޓެރަރިޒަމަށް ހަރަދުކުރާ ފައިސާ މައްސަލައާއި މަނީ ލޯންޑްރިންގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދޭ ކަމަށް ބުނެ، ޕާކިިސްތާނުގެ ހަބީބް ބޭންކް އެމެރިކާގައި ހިންގުން މަނާކޮށް އެ ބޭންކް 225 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކް ސްޓޭޓް ގައިވާ ހަބީބް ބޭންކްގެ އޮފީސް ބަންދުކޮށްފައި މިވަނީ އެބޭންކް ނިއުޔޯކްގައި ހިންގާތާ 40 އަހަރު ފަހުންނެވެ. އެމެރިކާ އޮފިޝަލުންނާ ހަވާލާދީ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ ހަބީބްބޭންކާ ދެކޮޅަށް ފިޔަވަޅު އެޅީ ޓެރަރިޒަމަށާއި މަނީ ލޯންޑްރިންްއަށް މަގު ފަހި ވާފަދަ ޓްރާންސެކްޝަންތަކާ މެދު ކުރި ޝަކުވާތަކާއި ދިން އިންޒާރުތަކަށް އަޅައި ނުލުމުން ކަމަށެވެ.

ނިއުޔޯކް ސްޓޭޓްގެ ޑިޕާޓްމެންޓް އޮފް ފައިނޭންޝަލް ސާވިސަސް އިން ފުރަތަމަ ކަނޑައަޅާފައި އޮތީ 629.6 މިލިޔަން ޑޮލަރުން ހަބީބް ބޭންކް ޖޫރިމަނާ ކުރާާށެވެ. ނަމަވެސް އެއަދަދު ފަހުން ކުޑަކޮށް ޖޫރިމަނާ ކުރީ 225 މިިލިޔަން ޑޮލަރުންނެވެ.

ޑިޕާޓްމަންޓް އޮގް ފައިނޭންޝަލް ސާވިސަސް އަކީ ނިއުޔޯކް ސްޓޭޓްގައި ހިންގާ ބިދޭސީ ބޭންކްތަކުގެ ކަންތައްތައް ބަލަހައްޓާ އިދާެރާއެވެ. އެ އިދާރާގެ އޮފިޝަލުން ބުނެފައި ވަނީ ހަބީބް ބޭންކުން ސައުދީ އަރަބިއްޔާގެ އަލް ރާޖްހީ ބޭންކާ އެކު އެތައް ބިލިޔަން ޑޮލަރެއްގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ. އަލް ރާޖްހީ ބޭންކަކީ އަލްގައިދާއާ ގުޅުން އޮންނަ ކަމަށް ތުހުމަަތު ކުރެވޭ ބޭންކެކެވެ.

"މުޅި މާލީ ނިޒާމަށާއި މި ސްޓޭޓްގެ ރައްޔިތުންނަށް ބޮޑެތި ނުރައްކާތައް ކުރިމަަތިވާ ފަދަ ޓެރަރިސްޓް ހަރަކާތްތަކަށް ފައިސާ ހަރަދުކުރުމަށް ދޮރު ހުޅުވޭ ގޮތަށް އެކަށީގެން ނުވާ ރިސްކު ނެގުމަކީ ޑީއެސްއެފް( ޑިޕާޓްމަންޓް އޮފް ފައިނޭންޝަލް ސާވިސަސް) އިން ގަބޫލުކުރާނެ ކަމެއް ނޫން. ދިމާލަށް ފެންނަން ހުރި މައްސަލަތައް ހައްލުކުރަން ބޭންކަށް ވާނީ އެކަށީގެންވާ ވަރަށް ވުރެ އިތުރަށް ފުރުސަތު ދީފައި،" ޑީއެފްއެސްގެ ސުޕްރިންޓެންޑެންޓް މާރިިއާ ވުއްލޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އެ ޑިޕާޓްމަންްޓުން ބުނެފައި ވަނީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތައް ޝާމިލުނުވާކަން ކަށަވަރު ނުކުރެވޭ 13000 މުއާމަލާތަށް ހަބީބު ބޭންކުން ހުއްދަދީފައިވާ ކަމަށެވެ.

ހަބީބް ބޭންކަކީ ޕާކިސްތާނުގެ ޕްރައިވެޓް ބޭންކްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބޭންކެވެ. އެބޭންކްގެ ގޮފިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގައެވެ. އެގޮތުންް ރާއްޖޭގައި ވެސް އެބޭންކްގެ ގޮތްޕެއް ހުރެއެވެ.