ކުޅިވަރު

ސިޓީއިން ލިވަޕޫލް ލަދުގަންނަވާލައިފި

މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލުކުރި މެޗު 0-5 ގެ ތަފާތު ބޮޑު ނަތީޖާއަުކުން ސިޓީއިން ކާމިޔާބުކޮށްފިއެވެ. މެޗުގެ 37 ވަަނަ މިނިޓުގެ ލިވަޕޫލްގެ ފޯވާޑް ސާޑިއޯ މާނޭއަށް ދެއްކި ރަތް ކާޑާއެކުއެވެ. މިކާޑު ދައްކާފައިވަނީ އޭނާ ސިޓީގެ ކީޕަރު އެޑަސަންއަށް ދައްފުއް ދެއްކުމާ ގުޅުގެންނެވެ.

މެޗުގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗުގެ 24 ވަނަ މިނިޓުގައެވެ. މިމެޗު ސިޓީއަށް ކާމިޔާބުކޮށްދިނީ ސިޓީގެ އާޖެންޓީނާގެ ފޯވާޑް އަގުއޭރޯއެވެ.

މެޗުގެ 45 ވަނަ މިނިޓުގައި ސިޓީއިން ދެވަނަ ގޯލް ކާމިޔާބުކުރިއެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސެސްއެވެ. އަދި އޭގެ 8 މިނިޓު ފަހުން ޖީސެސް ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދިނެވެ.

މެޗުގެ 4 ވަނަ ގޯލް ފެނިގެންދިޔައީ 77 ވަނަ މިނިޓުގައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ލިއޮރޭ ސާނޭއެވެ. މިމެޗުގެ 5 ވަނަ ގޯލްވެސް ކާމިޔާބުކޮށްދީނީ 90 ވަނަ މިނިޓުގައި ސާނޭ އެވެ.