ވިޔަފާރި

ސިންގަޕޫރު އެއާލައިންސް އިން 37 ގައުމަކަށް ހާއްސަ އަގުތަކެއް!

  • ދިވެހިން އާއްމުކޮށް ދާ ގައުމުތަކަށް އަގު ހެޔޮ
  • ސިލްކް އެއާ/ ސިންގަޕޫރު އެއާލަނުން ދަތުރުކުރެވޭ
  • ޔޫރަޕުގެ ގައުމުތަކަށްވެސް ހާއްސަ އަގެއް

ސިންޕޫރު އެއާލައިން އިން ދުނިޔޭގެ 37 ގައުމަކަށް ދަތުރު ކުރަން ހާއްސަ އަގު ތަކެއް ކަނޑައަޅައިފި އެވެ.

ސަން ލޭންޑުގެ އޮފިޝަލަކު ވިދާޅުވީ ހާއްސަކޮށް ވިއްކާ މި ފެއާގައި ދަތުރުކުރާ މީހުން ރާއްޖޭން ދަތުރުކުރާނީ އިކޮނޮމީ ކްލާހުގައި ކަމަށެވެ.

ނަވާރަސަތޭކަ ނުވަދިޔަ ނުވަވަނަ އަހަރުން ފެށިގެން ސިންގަޕޫރު އެއާލައިންގެ ޕީއެސްއޭކަން ކުރަމުން އަންނަ ކުންފުނިން ބުނި ގޮތުގައި މުޅި ދުނިޔޭގައި ސިންޕޫރު އެއާލައިންސް އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ސައުތު އީސްޓް އޭޝިޔާގެ 17 މަންޒިލަކަށް ދަތުރުކުރެވޭނެ އެވެ. އަދި ޔޫރަޕުގެ ހަ ގައުމަކަށް ދަތުރުކުރެވޭއިރު ނޯތު އޭޝިޔާގެ 21 މަންޒިލަކަށް މި ޕްރޮމޯޝަނުން އުދުހުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ތެރޭގައި ސައުތު ވެސްޓް އޭޝިޔާގެ ދެ މަންޒިލެއް ވެސް ހިމެނެ އެވެ.

ސަން ލޭންޑުގެ އޮފިޝަލަކު ވިދާޅުވީ ހާއްސަކޮށް ވިއްކާ މި ފެއާގައި ދަތުރުކުރާ މީހުން ރާއްޖޭން ދަތުރުކުރާނީ އިކޮނޮމީ ކްލާހުގައި ކަމަށެވެ.

"އިކޮނޮމީ ކްލާސް ނަމަވެސް ޕްރޮމިއަމް އިކޮނޮމީގައި އެހެން ގައުމަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި ފެއާގައި ދަތުރުކުރާ މީހުންނަށް ސިންގަޕޫރުގައި އެއް ރޭމަޑުކުރާނަމަ އެއް ޑޮލަރަކަށް ހޮޓާތަކުން ކޮޓަރި ލިބޭނެ އެވެ. ސިންގަޕޫރުގައި އާއްމު ގޮތެއްގައި ހޮޓަލެއްގައި ހުރުން އުޅެނީ 100 ޑޮލަރު ވަރަށެވެ.

ސަން ލޭންޑުން ޓިކެޓު ވިއްކާ ދިވެހިން އާއްމުކޮށް ދަތުރުކޮށް ހަދާ މަންޒިލްތަކުގެ ތެރޭގައި ސިންގަޕޫރާއި މެލޭޝިޔާ އަދި ޗައިނާގެ އެކި ސިޓީތަކާއި ތައިލެންޑުގެ މަޝްހޫރު ސިޓީތައް ވެސް ހިމެނެ އެވެ.