ވިޔަފާރި

އޮޑި ދެއަތަށް ހަލުވާނަމަ ހައްލު އޮތީ އެލިޔާގައި!

  • ސަފާރީ ފަދަ އުޅަނދު ފަހަރަށް ހާއްސަ
  • ރާއްޖެއަށް އާ، ބޭރުގައި އާއްމު އުފެއްދުމެއް
  • އެކި ސައިޒުގެ އުޅަނދަށް ބޭނުންކުރެވޭ

ކަނޑު މައްޗަށް ނާރަނީ މިހެއްވެ އެވެ. އޮޑި މާބޮޑަށް ހަލުވައި ދެއަތަށް ކިރެނީ އެވެ. އޮޑި ދެ އަތަށް ގުޑެން ފެށުމުން ބޯ އަނބުރަން ފަށަ އެވެ. ދެން، މާގިނައިރެއް "ސީސިކް" ވަނީ އެވެ. އެ ހިސާބުން ކަންތަކާ ޖެހުނީ އެވެ. އިރުކޮޅަކުން އޮޑިއަށް ހޮޑު ދުއްވާލެވެ އެވެ. މި ތަޖުރިބާ ކުރި އަދި މިހާރުވެސް ކުރަމުންދާ ދިވެހިން ރާއްޖޭގައި މަދެއް ނޫނެވެ. މީގެ ހައްލެއް މީގެ ކުރިން ނުފެނެ އެވެ. ނަމަވެސް އެލިޔާ އިންވެސްޓްމަންޓުން މީގެ ހައްލު ގެނެސް ދީފި އެވެ. މި އުފެއްދުމަށް ކިޔަނީ "ސީކީޕާ" އެވެ.

"ސީކީޕާ" ގެ ނަމުން ނަން ދީފައިވާ މި އުފެއްދުން އޮޑީގައި ހަރު ކުރުމުން އެ މައްސަލަ ގާތްގަނޑަކަށް ހައްލުވެ އެވެ. މި އުފެއްދުން ރާއްޖެއަށްއާ ނަމަވެސް ރާއްޖޭން ބޭރުގައި ބަނދެގެން ގެންނަ އުޅަނދު ފަހަރުގައި މި އާލާތް ހަރުކޮށްފައި ހުރެ އެވެ. ދެން އޮތް ސުވާލަކީ؛ "ސީކީޕާ" މަސައްކަތް ކުރަނީ ކިހިނެއް ހެއްޔެވެ؟

އެމެރިކާގެ މޮޅު މި އުފެއްދުން ޖެހެނީ އޮޑީގެ ވަކި ހިސާބެއްގައި ހަރު ކުރާށެވެ. އޭރުން އޮޑި ދެ ފަރާތަށް ރާޅާ ތަޅުވައި ހަރަކާތް ކުރުމާ ދެކޮޅަށް އެއިން ފޯސް ދޭނެ އެވެ. އޭގެ ސަބަބުން އޮޑި ދެ ފަރާތަށް ހެލުވުން މަޑުކޮށްދޭނެ އެވެ.

ރާއްޖެ އަށް މުހިންމު މި އުފެއްދުމާ ބެހޭ ގޮތުން، އެލިޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އަށް އެންމެ މުހިންމު އެއް އުފެއްދުމެވެ.

މިއީ ކިހާ ޔަގީން އެއްޗެއް ހެއްޔެވެ؟ މި ތަޖުރިބާ ކޮށްލެވިދާނެ ހެއްޔެވެ؟

"ސީކީޕާ" އަމިއްލަ އަށް ތަޖުރިބާކޮށްލަން ބޭނުންނަމަ، ދަރުބާރުގޭގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯ (އެމްއެމްއީ 2017) އަށް ދާށެވެ. ގޮސް އެލިޔާގެ ސްޓޯލުން އަމިއްލަ އަށް މި ތަޖުރިބާކޮށްލެވޭނެ އެވެ.

"ސަފާރީ ފަދަ އުޅަނދު ފަހަރަށް މި ވަރަށް މުހިންމު. މީގެ އެކި ސައިޒުތައް އެބަހުރި. ކުދި އުޅަނދު ފަހަރުން އެންމެ ބޮޑެތި އުޅަނދު ފަހަރަށް ހާއްސަ އެއްޗިހި ވެސް އެބަހުރި،"

ސީކީޕާ މަސައްކަތް ކުރާ ގޮތް ދައްކުވައިދޭ ވީޑިއޯއެއް.--

މިއީ ބޭރުގައި ތަޖުރިބާކޮށް، ރާއްޖޭގައި ވެސް މަދުން ބޭނުންކުރާ އެއްޗެވެ. އެހެންވެ އޮޑި ދެ ފަރާތައް ތެޅުން ހުއްޓުވުމަށް މީގެ އެޗެއް ހޯދަން ފަޅުވެރިން ވެސް އޮޑިވެރިޔާ ކައިރީ ބުނަން ޖެހެ އެވެ.