ކުޅިވަރު

ޔުނައިޓެޑްގެ ކޯޗްކަން ހުށަހެޅުމުން ހިތަށް ވަނީ އާސެނަލްގެ ލޯބި: ވެންގާ

Sep 11, 2017
1

މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަން 2001 ވަނަ އަހަރު، ކޯޗިން ދާއިރާއިން ރިޓަޔާ ކުރުމަށް ނިންމި އެވެ. ފާގަސަން ނިންމައިގެން ހުރީ 2001/2002 ސީޒަން ނިމުމުން، ޔުނައިޓަޑްގެ ވަޒީފާ ދޫކޮށް ލުމަށްފަހު، އެއްކޮށް ރިޓަޔާ ކުރާށެވެ. ފާގަސަން އޭރު އެގޮތަށް ނިންމައިގެން ހުރުމުން، ޔުނައިޓަޑްގެ ބޯޑުން ދުރާލައި އާ ކޯޗަކު ހަމަޖެއްސުމަށް މަސައްކަތް ކުރި އެވެ.

"އަހަރެމެންގެ ފުރަތަމަ އިހްތިޔާރަކަށް ވީ އާސެން [ވެންގާ]،" މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ޗެއާމަން މާޓިން އެޑްވާޑްސް އޭނާގެ ބައިގްރޮފީގައި ބުނެފައި ވެއެވެ. "އަހަރެމެންނަށް އެނގުނީ އޭނާ [ވެންގާ] އަކީ އެލެކްސް [ފާގަސަން] މަގާމު ފޫބައްދަން އެންމެ ރަނގަޅު ކެނޑިޑޭޓް ކަމަށް، އޭނާ އަކީ އަހަރެންގެ އެއް ނަމްބަރު ޗޮއިސް."

އެހެންވެ، ޔުނައިޓަޑްގެ ހުށަހެޅުން، ވެންގާއަށް ހުށަހެޅި އެވެ. ޔުނައިޓަޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކުލަބެވެ. ޔުނައިޓަޑްގެ ހުށަހެޅުންވީ ވެންގާއަށްވެސް ވަރަށް މުހިންމު ހުށަހެޅުމަކަށެވެ. ނަމަވެސް، އެކަމާމެދު، ވެންގާގެ މާބޮޑު ޝައުގުވެރިކަމެއް ނުފެނުނެވެ. މިދިޔަ ހޮނިހިރު ދުވަހު، ބޯންމައުތާ ދެކޮޅަށް އާސެނަލް ކުޅުނު މެޗަށް ފަހު ވެންގާ ވަނީ ޔުނައިޓަޑްގެ އޭރުގެ ހުށަހެޅުމަށް ނޫނެކޭ ބުނި ސަބަބުތައް ސާފު ކޮށް ކިޔައިދީފަ އެވެ.

"ކަލޭމެން އަހަން ޖެހޭނީ "އެޑްވާޑްސް ގާތުގައި،" ލަންޑަންގައި ވެންގާ ދިރިއުލޭ ގޭގައި، ޔުނައިޓަޑްގެ އޮފިޝަލުން އޭރު ވެންގާއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭގޮތުން ވެންގާ ބުންޏެވެ. ވެންގާ ބުނީ، ޔުނައިޓަޑުން ހުށަހެޅުމުންވެސް، ދުވަހަކުވެސް އޭނާ އެ ޓީމުގެ ހުށަހެޅުމަށް ދާން ބޭނުން ނުވި ކަމަށާއި އާސެނަލްގައި އޭނާ ހުންނަނީ އުފަލުން ކަމަށެވެ.

"ސަބަބަކީ އަހަރެން މި ކުލަބުގެ އުސޫލުތައް ދެކެ ވަރަށް ވަރަށް ލޯބިވޭ، ކުލަބެއްގައި ނަމަ އެންމެ ފުރަތަމަ ވެސް އަހަންނަށް އެއްޗަކީ އެ ކުލަބެއްގައި އެކަށައަޅާފައި ހުންނަ އުސޫލުތައް،" ވެންގާ ބުންޏެވެ. "އެއް ދުވަހަކުން ވަރަށް ރަނގަޅު ވާނެ މީޑިއާގައި މި އައި އޮވޮލިއުޝަންތަކާ ބެހޭގޮތުން ވާހަކަ ދައްކަން، ކަލޭމެން [ނޫސްވެރިން] ތި ވާހަކަ ދައްކަނީ މެންޗެސްޓާ ޔުނައިޓަޑްގެ ވާހަކަ، މިދިޔަ 20 އަހަރު ތެރޭ އައިސްފައި ހުރި ބަދަލުތަކުގެ ވާހަކަތައް އަދި މާ ޝައުގުވެރިވާނެ ވަރަށް ގިނަ ކަންކަމެއް ބަދަލު ވެގެން ހިނގައްޖެ ނަމަވެސް އަހަރެން މި ކުލަބަށް އައިރު މި ކުލަބުގައި ހުރީ އުސޫލުތަކެއް އެކަށައަޅާފަ ކުޅިވަރުގައި އަހަންނަށް ވެލިއުސް ވަރަށް ކަމުދޭ އެހެންވެ އަހަރެން އަދިވެސް ވާދަ ކުރަން މިހުރީ."

ވެންގާ ބުނީ ޔުނައިޓަޑަކީ އަބަދުވެސް އޭނާ ގަޔާވާ ކުލަބެއް ކަމަށާއި ނަމަވެސް އޭނާ އަބަދުވެސް އަމިއްލަ ނަފުސާ ކުރާ ސުވާލަކީ އާސެނަލްގައި މިހުރީ އުފަލުން ހެއްޔެވެ. "އޭގެ ޖަވާބަކަށް ވަނީވެސް އާނ އެކޭ އަހަރެން މިތާންގައި މިހުރީ އުފަލުން ނޭ." ވެންގާ ބުންޏެވެ.

'ރެޑް ގްލޯރީ: މެންޗެސްޓާ ޔުނައިޓަޑް އެންޑް މީ؛ ނަމުގައި ނެރޭ އެޑްވާޑްގެ ބައިގްރޮފީ ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހު އެއް ވަނަ ދުވަހު އެވެ.