ވިޔަފާރި

ސިކްސް ސެންސަސް ސްޕާއަށް އެވޯޑެއް

ސިކްސް ސެންސަސް ސްޕާ ލ. ރިސޯޓަށް ކޮންޑެ ނާސްޓް ޓްރެވަލާސް އެވޯޑު ލިބިއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މޯލްޑިވްސް އިންސައިޑާގައި ވާ ގޮތުން ލ. އަތޮޅުގައި ހިންގަމުން ގެންދާ ސިކްސް ސެންސަސް ސްޕާ ލ. ރިސޯޓަށް ކޮންޑެ ނާސްޓް ޓްރެވަލާސް އެވޯޑު ލިބިފައިވަނީ ސްޕާ ކެޓަގަރީއިންނެވެ.

މި އެވޯޑު ލިބިފައިވަނީ އެ ރިސޯޓުގައި ދޫނި ބިސް ހާއްޔެއް ގޮތަށް ފަރުމާކޮށްފައިވާ ހިތް ގައިމު ސްޕާ އަށެވެ.

ކޮންޑެ ނާސްޓް އިން ދޭ އެވޯޑަކީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑެވެ. މި މަޖައްލާ ކިޔުންތެރިންގެ އަދަދު 1.3 މިލިއަނަށް އަރަ އެވެ.

ކޮންޑެ ނާސްޓް ޓްރެވަލާސް އެވޯޑު މިދިޔަ އަހަރުވެސް ރާއްޖޭގެ ބައެއް ރިސޯޓުތަކަށް ދީފައިވެ އެވެ. މި އެވޯޑު ރާއްޖެއަށް ލިބިފައިވާއިރު އެވޯޑު ނިސްބަތްވާ އިނިގޭސިވިލާތުން މި އަހަރުގެ މިހާތަނަށް 51،737 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ.