ވިޔަފާރި

ރޮބިންސަންގެ ދެވަނަ ރިސޯޓު މި އަހަރު ހުޅުވަނީ

ރޮބިންސަން ކްލަބް އިން ރާއްޖޭގެ ހުޅުވާ ދެވަނަ ރިސޯޓު ނ. އޮރިވަރު އަންނަ ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "ޓްރެވަލްވީކް" ގައިވާ ގޮތުން 60 ވޯޓާ ވިލާ އާއި 46 ބީޗް ވިލާ ހިމެނޭ "ރޮބިންސަން ކްލަބް ނޫނު" ހުޅުވުމަށް މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މި ރިސޯޓުގައި މެހުމާނުންނަށް ބޭނުންވާނެ އެންމެ ފުރިހަމަ ހިދުމަތްތައް ތަރައްގީކޮށްފައިވާއިރު މި ރިސޯޓުގައި ދެ ބުރި އަށް ހަދާފައިވާ 11 ބީޗް ވިލާއެއް ވެސް ހުންނާނެ އެވެ.

ރޮބިންސަން ނޫނު ހުޅުވުމުގެ ގޮތުން ވަނީ މި ރިސޯޓުގައި ކޮޓަރި ވިއްކަން ހާއްސަ އަގުތަކެއް ވެސް ހާމަކޮށްފަ އެވެ. މިގޮތުން ބްރިޓިޝް އެއާވޭސް އިން އަންނަ މީހުންނަށް ވިއްކާ ޕެކޭޖްތަކުގެ އަގު ފެށެނީ 3،544 ޕައުންޑުންނެވެ.

ރޮބިންސަން އިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި 23 ރިސޯޓު ހިންގަމުންދެ އެވެ. މި ބްރޭންޑުން މިހާރު ރާއްޖޭގައި ހިންގަމުން ދަނީ ގއ. އަތޮޅުގަ އެވެ.