ދުނިޔެ

ޗައިނާ، ޓައިވާން އަދި ޖަޕާނަށް ބާރުގަދަ ތޫފާނެއްގެ ނުރައްކާ

ޕެސިފިކް ކަނޑުގައި އުފެދިފައިވާ ތޫފާން ތާލިމްް ގެ ބާރު ގަދަވަމުންދާ ކަމަށާއި އެ ތޫފާން ޗައިނާ އާއި ޓައިވާން އަދި ޖަޕާނަށް އަރައިފާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ވެސްޓް ޕެސިފިކް ޓައިފޫން އެންޑް ސްޓޯމް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ބުނީ ޓައިފޫން ޓާލިމް މިހާރު ހުރީ ޓައިވާނުގެ ވެރިރަށް ޓައިޕެއިގެ އިރުދެކުން 500 މޭލު ބޭރުގައި ކަމަށާއި އެ ތޫފާނުގައި ގަޑިއަކު 85 މޭލު ބާރުމިނުގައި ވައިޖެހުމުންދާ ކަމަށެވެ. ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވެނީ ޖަޕާނުގެ ސަކިޝީމާ ޖަޒީރާއާ ދިމާލަށް ކަަަމަށް ވެސް ބުނެފައި ވެއެވެ.

ތޫފާން ޓާލިމް ގެ ސަބަބުން ޗައިނާއާއި ޓައިވާނަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާ ކުރެވޭ އިރު ތޫފާނުގެ އަސަރުންސީދާ ގޮތެއްގައި ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ލަފާ ކުރެވިފައި ވަނީ ޖަޕާނަށެވެ. ޖަޕާނަށް ތޫފާން އަރާނެ ކަަމަށް ލަފާ ކުރެވެނީ މިހަފުތާ ނިމޭ ހިސާބުގަ އެވެ.

ތޫފާން ޓާލިމް ދަތުރު ކުރާ މަގުގައިވާ ގައުމުތަކުން އެ ތޫފާނުންް ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ތައްޔާރީތައް ވަމުން ދާއިރު ޓްރޮޕިކަލް ޑިޕްރެޝަން އެއްގެ ސަބަބުން ފިލިޕީންސްގެ ބައެއް ސަރަހައްދުތަކަށް މިހާރުވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ޕެސިފިކް ކަނޑުގައި ތޫފާނެއް އުފެދިފައި މިވަނީ އެޓްލާންްޓިކް ކަނޑުގަައި އުފެދުނު ތިން ތޫފާނެއްގެ ތެރެއިން ދެ ތޫފާނެއްގައި ކެރީބިއަން ސަރަހައްދަށާއި ކިއުބާއަށާއި އެމެރިކާއަށް ބޮޑެތި ގެއްލުންތައް ލިބިފައި ވަނިކޮށެވެ.