ޓެކްނޯލޮޖީ

އާ އައިފޯންގެ އިންތިޒާރުގައި މުޅި ދުނިޔެ!

މިއަހަރު ފެށިގެން މިއަދާ ހަމައަށް އައިރު އެންމެ ގިނަ ބަޔަކު އެ ފޯނަކަށްޓަކައި އިންތިޒާރު ކުރި ފޯނަކަށް އަލަށް ނެރޭ އައިފޯން ވާނެ އެވެ. ވަގުތު މިދަނީ ކުޑަތަންވަމުނެނެވެ. އިންތިޒާރަށް ނިމުމެއް އަންނަށް ކައިރިވަނީ އެވެ. މުޅިން އަލަށް ނެރޭ އައިފޯން މިރޭ އޮންނަ އެޕަލްގެ ހާއްސަ އިވެންޓުގައި ދައްކާލާނެ އެވެ.

މި އައިފޯން ނެރެން ވަގުތު ކުޑަތަން ވެފައިވާއިރު މި ފޯނަށް ކުރަމުން އަންނަ އިންތިޒާރު ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލުމުން ފެންނާނެ އެވެ. އެއްބަޔަކު އިންތިޒާރުގެ ސްޓޭޓަސްތަށް ޖަހަ އެެވެ. އަނެއް ބަޔަކު މިރޭ އެޕަލް އިވެންޓް ބެލުމަށް ތައްޔާރީތައް ވަނީ އެވެ. އެޕަލްގެ މި އިވެންޓުގައި އައިފޯންގެ ތިން އެޑިޝަނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އައިފޯން 8، އައިފޯން 8 ޕްލަސް އަދި އެޕަލްގެ އެނިވާސަރީ އެޑިޝަނެއް ކަމުގައިވާ އައިފޯން އެކްސް އެވެ.

ރޭގެ ވަގުތެއްގައި ވަނީ މި ފޯނާއި ބެހޭ މައުލޫމާތުތަކެއް ލީކްވެފަ އެެވެ. އެގޮތުން އެޕަލްގެ މުވައްޒިފަކު ލީކު ކުރިކަމަށް ބުނާ އައިފޯންގެ މައުލޫމާތުތަކަކާއި ފޮޓޯތަކެއް ބޭރުގެ ނޫސްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. އެގޮތުން އެ މައުލޫމާތުތަކުގައި މިރޭގެ އެޕަލް އިވެންޓުގައި ލޯންޗްކުރާނެ ބައެއް ގެޖެޓްތަށް ވެސް ވަނީ ހިމެނާފަ އެވެ. ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ރޭގައި ލީކްވި މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެކެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެޕަލްއިން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ.

އެޕަލްއިން ކޮންމެ އަހަރަކުވެސް އަންނަނީ އައިފޯނެއް ބާޒާރަށް ނެރެމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެޕަލްއިން އައިފޯން 7 ނެރުމާއެކު ގިނަ ބަޔަކު ވަނީ އައިފޯން 7 ގެނެފައެވެ. ދިވެހިންގެ ތެރޭގައި ވެސް އައިފޯން 7 ކަށް އެހެން ފޯނުތަކަށްވުރެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަން ފާހަގަ ކުރެވެ އެވެ.

އެޕަލްއިން މިރޭ ބާއްވާ އިވެންޓަށް ނަންދެވިފައިވަނީ "ވިޝް ވީ ކުޑް ސޭ މޯ" ނުވަތަ ތިމަންމެންނަށް އިތުރަށް ބުނެވޭނެ ނަމައޭ އެވެ. އެހެން ކަމުން އެޕަލްއިން މިފަހަރު ވަރަށް ފޮނި އުންމީދުތަކެއް އެޕަލްގެ ފޭނުންނަށް މިވަނީ ދީފަ އެވެ. މި ފޮނި އުންމީދުގެ ނަތީޖާ މިރޭ އިނގޭނެތާ އެވެ. އެޕަލްގެ އިވެންޓަށް ދިވެހީން ތައްޔާރުބާ؟