ޓެކްނޯލޮޖީ

އެއްވަނަ ގަޑީގެ މަގާމާއެކު އެޕަލް ވޮޗް ސީރީސް 3 ލޯންޗުކޮށްފި

އެންމެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އާމްދަނީގެ ގޮތުން އެއްވަނަ ގަޑިއަކަށް އެޕަލް ޖެހިލައިފިއެވެ. މިއާއެކު އެޕަލްއިން އެޕަލް ވޮޗްގެ ސީރީސް 3 މިރޭ ވަނީ ދައްކާލާފައެވެ.

އެޕަލްވޮޗް ސީރީސް 3 ގެ އެންމެ ހާއްސަ ކަމަށް ވެފައިވަނީ ސެލިއުލާ ފީޗާ ވޮޗްއަށް އައުމެވެ. މިފީޗާއާއެކު އެޕަލް ވޮޗްއިން ޑޭޓާ ބޭނުންކޮށްލެވޭނެއެވެ. އަދި އޭގެ އިތުރުން އެޕަލް ވޮޗްއިން ފޯނާއި ކަނެކްޓް ކުރުމެއްނެތި މިހާރު ފޯންކޯލް ކޮށްލެވޭނެއެވެ. މިއީ މިހާ ގިނަ ފީޗާއާއި އެކު ބާޒާރަށް ނެރެވޭ އެންމެ ޓެކްނޮލޮޖީ ހައި ގަޑިއަށް ވެގެންދާނެއެވެ.

އެޕަލްގެ އާ ވޮޗް ވެގެންދާނީ ސްވިމްޕްރޫފް ގަޑިއެއްގެ އިތުރުން ވައިފައި އެހެން ގަޑިތަކާއި 75 ޕަސެންޓް އަވަސް ގަޑިއަކަށެވެ. އަދި އޭގެ އިތުރުން އެހެން ގަޑިތާކާއި 70 ޕަސެންޓް ސްޕީޑްބާރު ޑުއަލް ޕްރޮސެސާއެއް އެކުލެވޭ ގަޑިއެއްކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އެޕަލްވޮޗްގެ އަގުތަށް ފެށޭނީ 249 ޑޮލަރުންނެވެ. އަދި އެންމެ އަގުބޮޑު ގަޑިވެސް 399 ޑޮލަރުން ލިބޭނެ އެވެ.

މިގަޑީގެ އޯޑާތަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް އެޕަލްއިން ބުނެ އެވެ. އަދި ދުނިޔޭގެ ބާޒާރަށް ރަސްމީކޮށް މި ގަޑި މިމަހުގެ 22 ވަނަ ދުވަހު ނެރޭނެ އެވެ.