ޓެކްނޯލޮޖީ

އައިފޯން 8 ލޯންޗްކޮށްފި

އަހަރު ފެށިގެން މިއަދާހަމައަށް އައިއިރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައީ އައިފޯން ގެ އާވާޝަނަށެވެ. ދިގު އިންތިޒާރެއްގެ ނިމުން މިރޭ މިއޮތީ އައިސްފިއެވެ. އައިފޯން 8 ގެ ދެ ވާޝަން މިވަނީ ދައްކާލައިފައެވެ. ފޯން ލޯންޗްކުރިތާ މާގިނަ އިރުތަކެއް ނުވިނަމަވެސް މި ފޯނު މިވަނީ އެންމެންގެ ހިތް އަތުލައިގެންފައެވެ.

އެޕަލްގެ އެހެން ފޯނުތަކަށްވުރެ ގިނަ އަދި ޑިވެލޮޕްޑް ފީޗާތަށް މި ފޯނުގައި އެކުލެވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވެގެންދަނީ މިފޯނުގެ ކެމެރާއަށެވެ. މި ފޯނުގައި 12 މެގަޕިކްސެލްގެ ކެމެރާއެއް އެކުލެވިފައިވާ އިރު މި ފޯނުން 4 ކޭ ވީޑިއޯ ވެސް ކޮށްލެވެއެވެ.

މީގެ އިތުރުން މި ފޯނަށް ދެން އަލަށް އަންނަ ފީޗާއަކީ ވަޔާލަސް ޗާޖިންގް އެވެ. އެގޮތުން މިހާރު ޗާޖަރަށް ފޯނު ޖެހުމުގެ ބަދަލުގައި އެޕަލްއިން ލޯންޗްކޮށްފައިވާ އެއާޕަވަރ އެޕް ބޭނުންކޮށްގެން ފޯނު ވަޔަލެސް ކޮށް ޗާޖް ކޮށްލެވޭނެއެވެ.

މި ފޯނުގެ ކޭސިންގް މިފަހަރު ފަރުމާކުރެވިފައިވާ ވާނީ ބިއްލޫރިންނެވެ. މި ބިއްލޫރިއަކީ ސްޓެއިންލެސް ނުވަތަ ކޫރުން ނެޅޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބިއްލޫރިއެކެވެ.

އައިފޯން 8 އަދި 8 ޕްލަސްގެ ޕްރޮސެސާތަށް ކުރީގެ އައިފޯންތަކަށް ވުރެ ވަރުގަދަވާނެއެވެ. އެގޮތުން މި ފޯނުގައި އޭ 11 ބިއޮނިކް ޕްރޮސެސަރެއް ހިމެނިފައި ވުމަކީ މި ފޯނުގެ ސްޕީޑަށާއި ފޯނުގެ އެހެނިހެން ސެންސަރ ތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިފޯނުގައި ދެން ހިމެނޭ ގިނަ ފީޗާތަކީ އައިފޯން 7 ގައި ވެސް ހިމޭނޭ ފީޗާތަކެވެ.

މި ފޯނުގެ ތިން ކުލައެއް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސްޕޭސް ގްރޭ، ސިލްވަރ އަދި ގޯލްޑް ކުލައެވެ. މި ފޯނުގައި ބިއްލޫރި ކޭސިންގް އެއް ހިމެނިފައިވުމަކީ މިފޯނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ.

އައިފޯން 8ގެ މި ދެފޯންގެ ޕްރީއޯޑާރ ތަށް މި މަހުގެ 15 ވަނަ ދުވަހު ފެށޭއިރު ބާޒާރާށް މިމަހުގެ 22 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ. އައިފޯން 8 ގެ އަގުތަށް ފެށޭނީ 699 ޑޮރަރުންނެވެ. އަދި އައިފޯން 8 ޕްލަސް ގެ އަގުތަށް ފެށޭނީ 799 ޑޮލަރުންނެވެ.