ބޮލީވުޑް

ޝާހް އާއި ޒޭންގެ ސެލްފީ ރެކޯޑަކަށް

Apr 22, 2015
1

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރި ކަމަށްވާ ޝާހްރުކް ޚާންގެ ކާމިޔާބީގެ ސިލްސިލާ އަދިވެސް ކުރިއަށްދާއިރު،މިވަނީ އަނެއްކާ ވެސް އާ ރެކޯޑެއް މުގުރާލާފަ އެވެ.

“ކިންގް އޮފް ބޮލީވުޑް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޝާހްރުކްގެ ޓްވީޓެއްވަނީ އިންޑިއާގައި އެންމެ ގިނައިން ރީޓްވީޓްކޮށް ފެވަރިޓްކުރި ފޮޓޯގެ ރެކޯޑް ހަދާފަ އެވެ.

ވަން ޑައިރެކްޝަންގެ ކުރީގެ ލަވަކިޔުން ތެރިޔާ ޒޭން މާލިކް އާއި އެކު ލަންޑަންގައި ބޭއްވި ދަ އޭޝިއަން އެވޯޑްސް ހަފްލާގައި ނަގާފައިވާ ސެލްފީއެއް ޝާހް ޓުވީޓުކޮށްފައިވަނީ މިމަހުގެ 18ވަނަ ދުވަހު އެވެ.މިއަދާ ހަމައަށް މި ޓްވީޓްވަނީ 110،000ވުރެ ގިނަ މީހުން ރީޓްވީޓްކޮށް އަދި 150،000ވުރެ ގިނަ މީހުން ފެވަރިޓްކޮށްފަ އެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވި މިއެވޯޑް ހަފްލާގައި ނަގާފައިވާ ސެލްފީވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި އެތައް ހާސްބަޔެއްގެ ސަމާލުކަން އަތުލާފަ އެވެ.

ފަސްވަނަ އަހަރީ އޭޝިއަން އެވޯޑްސް ހަފްލާގައި ޝާހްރުކް ޙާންއަށް އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ސިނަމާގެ އެވޯޑް ލިބިފައިވާއިރު، ޒޭން މާލިކްއަށް ވަނީ އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން ޓު މިއުޒިކްގެ އެވޯޑް ލިބިފަ އެވެ.

މަޝްހޫރު ކޮމީޑިއަން އަދި ޓީވީ ހޯސްޓް އެލެން ޑިޖެނެރެސް މިދިޔަ އަހަރުގެ އޮސްކާ އެވޯޑްސް ހަފްލާގައި ހޮލީވުޑްގެ އޭ ލިސްޓް ތަރިންނާއި އެކު ނަގާފައިވާ ސެލްފީއަކީ މިހާތަނަށް އެންމެ އެންމެ ގިނައިން ރީޓްވީޓްކޮށްފައިވާ ޓްވީޓެވެ. އެޓްވީޓްވަނީ ތިން މިލިއަނަށްވުރެ ގިނަ މީހުން ރީޓްވީޓްކޮށްފަ އެވެ.