ޓެކްނޯލޮޖީ

އަވަސް ކަޅިއެއް: އައިފޯން 10

އެޕަލްއިން 12 ވަނަ ދުވަހު ބޭއްވި ހާއްސަ އިވެންޓުގައި އެންމެންގެ ހިތް "ފަތަހަ" ކޮށްލި ޕްރޮޑަކްޓްއަކަށް ވެގެން ގޮސްފައިމިވަނީ އެޕަލް އައިފޯން X ނުވަތަ އައިފޯން 10ކެވެ. ކޮންމެއަކަސް ބަލާބެލުމަށް ވަރަށް ވެސް ހިތްގައިމެވެ. ފިޗާތަކާއި ފޯނުގެ ޑިޒައިންވެސް ހަމަ އެއްވަނައެވެ. މި ފޯނު ވެގެން މިދަނީ އެޕަލްއިން މިހާތަނަށް ނެރޭ އެންމެ ވަރުގަދަ ފޯނަށެވެ. އެހެން ކަމުން ކޮންމެއަކަސް މި ފޯނާއި ބެހޭ ގޮތުން އެނގިލުން މުހިންމެވެ.

ބަލާލަން ފަސޭހަ ޑިޒައިން

އައިފޯން 10 ގެ އެންމެ ކަމުދާ އެއްކަމަކަށް ވެފައި މިވަނީ މި ފޯނުގެ ޑިޒައިނެވެ. މި ފޯން ވެގެން މިދަނީ އައިފޯންތަކުގެ ތެރެއިން އެންމެ ރަނގަޅު ޑިސްޕްލޭއެއް އިން ފޯނަށެވެ. ޑިސްޕްލޭ މިފަހަރު މި އޮތީ މުޅި ފޯނުގެ ކުރިމަތި ފުރުވާލާފައެވެ. އެގޮތުން ފޯނުގެ ކުރިމަތީގައި އޮންނާނީ ހަމަ އެކަނި ސްކްރީންއެވެ. ފޯނުގެ ސްކްރީން އިން ހަމައެކަނީ ޖަގަ ދެވިފައިވާނީ ފޯނުގެ ފްރަންޓް ކެމެރާތަކަށާއި ސެންސަރ ތަކަށެވެ. މި ފޯނުގެ ކޭސިން ފަރުމާ ކޮށްފައިވާނީ ސްޓެއިންލެސް ނުވަތަ ކޫރުން ނޭޅޭ ބިއްލޫރިއެއް ބޭނުން ކޮށްގެންނެވެ.

މި ފޯނުވެގެންދާނި ވަޔާލަސްކޮށް ޗާޖް ކޮށްލެވޭ ފޯނަކަށެވެ. މި ފީޗާއާއެކު އެޕަލްއިން ވަނީ އެޕަލްގެ ވަރަށް ހާއްސަ ޕްރޮޑަކްޓެއް އިއުލާން ކޮށްފައެވެ. އެޕަލްހެ އެއާޕްވަރ ދައްކާލާފައެވެ. އެޕަލްޕަވާ އަކީ އެޕަލްގެ ޕްރޮޑަކްޓްތަށް ވައާލެސްކޮށް ޗާޖްކޮށްލެވޭނެ މެޓެކެވެ. މި ޕްރޮޑަކްޓް ބާޒާރަށް ނެރޭނީ އަންނަ އަހަރުއެވެ. ނަމަވެސް މި ޕްރޮޑަކްޓްގެ އިތުރުން އެޕަލްއިން ވަޔާލެސް ޗާޖިންގްއަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ވަޔާލަސް ޗާޖިންގް މެޓްތަށް ސްޕޯޓްކުރާނެ ކަމަށް އެޕަލްއިން ބުނެއެވެ.

ޓަޗް އައިޑީ ވެގެންގޮސްފައި މިވަނީ އައިފޯންގެ ވަރަށް މުހިންމު އަޕްޑޭޓަކަށެވެ. އެހެންނަމަވެސް އައިފޯން 10 ޓަޗްއައިޑީ އަށް އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް މަރުހަބާ މިކީ ވަރަށް ވެސް ވަރުގަދަ ޓެކްނޮލޮޖީއަކަށެވެ. ފޭސްއައިޑި ނުވަތަ މޫނުން ފޯން އަންލޮކް ކޮށްލެވޭ ފީޗާއަކަށެވެ. ނަމަވެސް އައިފޯންނަށް އާ މި ފީޗާއަކީ ސްމާޓްފޯނަށް އާ ފީޗާއަކަށް ވާނެ ފީޗާއެއް ނޫނެވެ. މިހާރުވެސް އެންޑްރޮއިޑްގެ ބައެއް ފޯނުތަކުގައި މި ފީޗާ ބޭނުން ކުރަމުންދެއެވެ. އެގޮތުން އެޕަލްގެ އެންމެ ވާދަވެރި ބްރޭންޑް ސެމްސަންގް ގެ އެންމެ ފަހުގެ ފޯނުގައި ވަނީ މި ފީޗާ ބޭނުންކޮށްފައެވެ. ފޭސްއައިޑި މި ފޯނުގައި ފަރުމާ ކޮށްފައިވަނީ އެކަމަށް ހާއްސަ ސެންސަރ ތަކެއް ބޭނުންކޮށްގެންނެވެ. މި ފީޗާގެ ސަބަބުން ފޯނު އަންލޮކް ކޮށްލަން ދެންޖެހޭނީ ފޯނު މުނާއި ދިމާކޮށްލަންށެވެ. އަދި ފޭސްއައިޑީ ބޭނުންކޮށްގެން އެޕަލް ޕޭ އަދި އެޕްސްޓޯފަދަ އެޕަލްގެ ގެ ސްޓޯތަކުން ފިޔަފާރި ވެސް ކޮށްލެވޭނެއެވެ

12 މެގަޕިކްސެލްގެ ޑުއަލް ކެމެރާއާއި 4K ވީޑިއޯ ކޮލެޓީ

މި ފޯނުގައި ހިމެނޭ ކެމެރާއަކީ ވެސް ވަރަށް ވަރުގަދަަ ކެމެރާއެކެވެ. 12 މެގަޕިކްސެލްގެ ޑުއަލް ދެ ކެމެރާ މި ފޯނުގައި ޑިވެލޮޕް ކުރެވިފައިވާއިރު މި ކެމެރާތަކަށް ހާއްސަ މޯޑްތަކެއް ވަނީ ތައާރަފް ކުރެވިފައެވެ. އެގޮތުން މުޅިންއާ 4 ލައިޓީންގް މޯޑެއް ހިމެނޭ އިރު އެ ހަތަރު މޯޑަކީ ފޮޓޯ ނަގާވަގުތުގައާއި ފޮޓޯ ނެގުމަށް ފަހުވެސް ފިލްޓަރ ކުރެވޭނެ މޯޑްތަކެއްކަން ފާހަގަކުރެވެވެއެވެ. ޕޯޓްރެއިޓް މޯޑަށް ގެނައި އެންމެ ބޮޑޫ އަޕްޑޭޓަކީ ލޯލައިޓްގައި ފޮޓޯނެގުމަށް މިހާރު ކުރިއަށް ވުރެ ކޮލެޓިވުމެވެ. ޕޯޓްރެއިޓް މޯޑަށް ގެނައި އަޕްޑޭޓްތަކާއި އެކު ކުރިއެކޭވެސް އެއްފަދައިން 1.8 އެޕާޗާގައާއި 2.8 ގެ އެޕާޗާގައި ޑުއަލް ކެމެރާތަކުން ފޮޓޯ ނަގާލެވޭނެއެވެ. އޮޕްޓިކަލް އިމޭޖް ސްޓޭބްލައިޒޭޝަނަކީ މީގެ ކުރިން ނެރުނު އައިފޯން 7 ގައިވެސް ހިމެނުނު ފީޗާއެކެވެ. ކުރީގެ އައިފޯންތަކުގައި ޕޯޓްރެއިޓް މޯޑް ބޭނުންކުރެވެނީ ހަމައެކަނި ފަހަތު ކެމެރާއަށެވެ. އެހެން ނަމަވެސް މިފަހަރު ނަގާލާ ސެލްފީ ކޮލެޓީ ކޮށްލުމަށް ފްރަންޓް ކެމެރާއަށް މިވަނީ ޕޯޓްރެއިޓް މޯޑް ގެނެސްފައެވެ. އަދި ނަގާލާ ފޮޓޯގެ ކުލަ ރީތިކޮށްލުމަށްޓަކައި އެޕަލްއިން މިވަނީ ޕޯޓްރެއިޓް ލައިޓިންގްވެސް ތައާރަފްކޮށްފައެވެ.

ފޮޓޯގެ އިތުރުން ކޮލެޓީ ވީޑިއޯއެއް ނަގާލުމަށްވެސް މި ފޯނުވަނީ ވަރަށް ބޮޑަށް ޑިވެލޮޕްކުރެވިފައެވެ. މި ފޯނުގެ ކެމެރާތަކުން 4K ވީޑީއޯ ކޮށްލެވޭނެއެވެ. މިހުރިހާ ކެމެރާ ސްޕެކްސްއާއި އެކު މި ފޯނު ވެގެންދާނީ ދުނިޔެގެ އެންމެ މޮޅު ކެމެރާއެއް ބޭނުންކުރާނެ ސްމާޓްފޯނަށެވެ.

އެމޯޖީ މިފަހަރު އެނިމޯޖީއެއްގެ ގޮތުގައި

އެމޯޖީތަށް ލޯބިކުރާ ފަރާތްތަކަށްވެސް އެޕަލްއިން މިގެނެސްދެނީ ވަރަށް ވެސް ހިއްގައިމު ފީޗާއެކެވެ. އެނިމީޖީއެވެ. އެހެން ގޮތަކުން ބުނާނަމަ މިފޯނުގައި އެނިމޯޖީތަށް ދެން ވެގެންދާނީ މޫވިންގް އޮބެޖެކްޓްތަކަކަށެވެ. އެނިމޭޓެޑް އެމޯޖީތަކަށެވެ. ޓަޗްއައިޑީގައި ބޭނުންކުރުމާށް ބޭނުންވާ ޑޮޓް ޕްރޮޖެކްޓާގެ އެހީގައި މީހާގެ މޫނުގެ ރިއެކްޝަންތަށް އެމޯޖީތަކަށޤ ވަގުތުން އެނިމޭޓް ކޮށްލާނެއެވެ.

ހަލުވި ޕްރޮސެސާއެއް

މި ފޯނުގައި ހިމެނިފައިވަނީ އައިފޯން 8ގައި ހިމެނިފައިވާ އޭ11 ބައޮނިކް ޕޮރޮސެސާއެކެވެ. މި ޕްރޮސެސާއަކީ މިވަގުތު އެޕަލްގައި ފަރުމާކުރެވިފައިވާ އެންމް ސްޕީޑްބާރު ޕްރޮސެސާކަން ފާހަގަ ކޮށްލަން ޖެހެއެވެ. މި ޕްރޮސެސާއަކީ މި ފޯނުގައި ހިމެނޭ އެންމެ މުހިންމު ފީޗާއެކެވެ. ފޯނުގައި ހިމެނޭ ހުރިހާ ސެންސާރ ތަކެއްގެ މައި އޮޕަރޭޓަރަކަށް ވެގެންދާނީ މި ހަލުވި ޕްރޮސެސާރ އެވެ.

ވަޔާލަސް ޗާޖިން

މި ފޯނުވެގެންދާނި ވަޔާލަސްކޮށް ޗާޖް ކޮށްލެވޭ ފޯނަކަށެވެ. މި ފީޗާއާއެކު އެޕަލްއިން ވަނީ އެޕަލްގެ ވަރަށް ހާއްސަ ޕްރޮޑަކްޓެއް އިއުލާން ކޮށްފައެވެ. އެޕަލްހެ އެއާޕްވަރ ދައްކާލާފައެވެ. އެޕަލްޕަވާ އަކީ އެޕަލްގެ ޕްރޮޑަކްޓްތަށް ވައާލެސްކޮށް ޗާޖްކޮށްލެވޭނެ މެޓެކެވެ. މި ޕްރޮޑަކްޓް ބާޒާރަށް ނެރޭނީ އަންނަ އަހަރުއެވެ. ނަމަވެސް މި ޕްރޮޑަކްޓްގެ އިތުރުން އެޕަލްއިން ވަޔާލެސް ޗާޖިންގްއަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ވަޔާލަސް ޗާޖިންގް މެޓްތަށް ސްޕޯޓްކުރާނެ ކަމަށް އެޕަލްއިން ބުނެއެވެ.

އަގުތަކާއި ބާޒާރަށް ނެރޭނެ ތާރީހުތަށް

އެޕަލްއިން އިއުލާން ކުރި ގޮތުގައި މި ފޯނުގެ އަގުތަށް ފެށޭނީ 999 ޑޮލަރުންނެވެ. މި ފޯނުގެ ނެރުމަށް ހަމަޖެހިފައިވަނީ ސިލްވަރ ކުަލައާއި ސްޕޭސް ގްރޭ ކުަލައެވެ.

އައިފޯން 10ގެ ޕްރީއޯޑަރ ތަށް ފެށުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ ގައެވެ. އަދި ދުނިޔޭގެ ބާޒާރުތަކަށް ފޯނު ނެރޭނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

މިފޯނުގައި ހިމެނިފައިވާ ދެންހުރި ގިނަ ފީޗާތަކަކީ ވެސް އެޕަލް އައިފޯން 8ގައި ވެސް ހިމެނިފައި ހުރި ފީޗާތަކެކެވެ. އެޕަލްއިން މިހާތަނަށް ނެރުނު އެންމެ ވަރުގަދަ އަދި އެންމެ މޮޅު ފޯނަށް ވެގެން މިދަނީ މި ފޯނެވެ. އެޕަލްއިން ސިފަކުރާ ގޮތުގައި މި ފޯން ވެގެންދާނީ ސްމާޓްފޯންތަކުގެ ކުރިމަގަށެވެ.