ޓެކްނޯލޮޖީ

އައިފޯން އަށަކަށް މާބޮޑު ތަރުހީބެއް ނުލިބުނު

އެޕަލްއިން މިވަނީ އަނެއްކާވެސް ސްމާޓްފޯނަށް ލޯބިކުރާ ފަރާތްތަށް މޮޔަކޮށްލާފަ އެވެ. އެޕަލްގެ ހާއްސަ އިވެންޓުގައި މިވަނީ ތިން އައިފޯނެއް ދައްކާލާފަ އެވެ. ކޮންމެއަކަސް އައިފޯންގެ ފޭނުންނަށް މިކަން ވެގެން މިދިޔައީ އީދަކަށެވެ. އައިފޯން 8ކާ އެކު އެޕަލްގެ ޓެކްނޮލޮޖީގެ އެހެން ހަރުފަތަަކަށް ދިއުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އައިފޯން އެކްސް ނުވަތަ އައިފޯން 10 މި ވަނީ ލޯންޗްކޮށްފަ އެވެ. އެހެންނަމަވެސް އެހެން އަހަރުތަކުގެ ލޯންޗިންގްތަކާއި ވަރަށް ތަފާތު ކަމެއް މިވަނީ މިއަހަރުގެ ހާއްސަ އިވެންޓުން ފެނިފަ އެވެ. އެޕަލްއިން ތިން ފޯނު ނެރުނު އިރު އެއްފޯނުމި ވަނީ ޓެކްނޮލޮޖީ ގޮތުން ވަރަށް އުހަށް ޖައްސާލާފަ އެވެ. ދެން ނެރުނު ދެ ފޯނު ކަމުގައިވާ އައިފޯން 8ގެ ދެ އެޑިޝަން ވެގެން މިދިޔައީ އައިފޯން 7 ގެ ކުޑަ އަޕްޑޭޓްތަކެއް ގެނެވުނު ފޯނަކަށެވެ.

އެއްއިވެންޓެއްގައި ޓެކްނޮލިޖީ ގޮތުން ބޮޑު ތަފާތެއް ހުރި ފޯންތަކެއްގެ ލޯންޗްކުރުމުގެ ސަބަބުން މިފަހަރު ތަރުހީބު ލިބޭގޮތް މިވީ ހަމައެކަނި އެޕަލް އައިފޯން އެކްސްއަށް އެކަންޏެވެ. އައިފޯން 8 އަށް ތަރުހީބު އޮތްތަނެއް އެއްވެސް ވަރަކަށް ނުފެނެ އެވެ. ސޯޝަލް މީޑިއާގައި އެންމެންގެ ހިތްތަކަށް ވެރިވެގެންމިދިޔައީ އައިފޯން އެކްސްއަށެވެ.

މިހާ ހިސާބުން ދެން ސުވާލު އުފެދޭ ކަމަކީ އައިފޯން 8 މީ ފްލޮޕެއް ބާވެއެވެ. ޓެކްނޮލޮޖީ ދިރާސާ ކުރާ ފަރާތްތަށް ބުނާގޮތުގައި އެޕަލްއިން އެއް އިވެންޓެއްގައި ތަފާތު ބޮޑު ފީޗާތަކެއް ހުރި އެއްވައްތަރުގެ ޕްރޮޑަކްޓްތަކެއް ނެރުމުގެ ސަބަބުން އެޕަލްގެ އައިފޯން 8 ވެގެންދާނީ ތަރުހީބު ނެތް ޕްރޮޑަކްޓަކަށެވެ. ނަމަވެސް ތަރުހީބާއި ބޭހޭގޮތުން ޔަގީންކަމެއް ދެވޭނީ ބާޒާރަށް އައިފޯން 8 ނެރުމުންނެވެ.

ޓެކްނޮލިޖީ ދިރާސާ ކުރާފަރާތަކުން ރިޕޯޓް ކުރާ ގޮތުގައި އައިފޯން 8އަށް ލިބެންވާވަރަށް ތަރުހީބު ނުލިބުމުގެ ސަބަބަކަށް ވާނީ އެޕަލް އައިފޯން 8 އާއި އައިފޯން 7އެއް މާ އެއްގޮތްކަންތައްތަކެއް ހުރުން ކަމަށް ވެދާނެ އެވެ.

އައިފޯން 8 ގެ ކޭސިންގް ބިއްލޫރިން ފަރުމާކުރެވިފައިވުމާއި ކެމެރާއަށް އައި ބަދަލުތަކާއި ފޯނުގެ ހަލުވި ޕްރޮސެސާގެ އިތުރަށް އައިފޯން 7 ކާއި ތަފާތުވާނެ މާބޮޑު ފީޗާއެއް މި ފޯނުގައި ނެތެވެ. ނަމަވެސް އައިފޯން އެކްސް ވެގެން މިދަނީ ގިނަ ބަޔަކަށް ކަމުދާ ޑިޒައިނަކާއި ފީޗާތަކެއް އެކުލެވޭ ފޯނަކަށެވެ.

އައިފޯން 8ގެ މި ދެފޯންގެ ޕްރީއޯޑާ ތަށް މި މަހުގެ 15 ވަނަ ދުވަހު ފެށޭއިރު ބާޒާރާށް މިމަހުގެ 22 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އައިފޯން 8 ގެ އަގުތަށް ފެށޭނީ 699 ޑޮރަރުންނެވެ. އަދި އައިފޯން 8 ޕްލަސް ގެ އަގުތަށް ފެށޭނީ 799 ޑޮލަރުންނެވެ. އައިފޯން 10ގެ ޕްރީއޯޑާތަށް ފެށުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރު ގައެވެ. އަދި ދުނިޔޭގެ ބާޒާރުތަކަށް ފޯނު ނެރޭނީ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ.