ކުޅިވަރު

އަމިއްލަ ދަނޑުގައި ސެލްޓިކް ތަފާތު ބޮޑުކޮށް ބަލިވެއްޖެ

ޕީއެސްޖީއިން 0-5 ގެ ތަފާތު ބޮޑު ނަތީގާއަކުން ސެލްޓިކްގެ މައްޗަށް ކުރިހޯދައިފިއެވެ. މިމެޗިގައި އެޓީމުގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ނޭމާ، އެމްބާޕޭ، ކަވާނީއެވެ. މީގެ އިތުރުން ސެލްޓިކްގެ މައިކަލް ލުސްޓިގް ގެއަތުން ބައިކޮޅަށް ވެސް ގޯލެއްވަނެވެ.

މެޗުގެ ފުރަތަމަ ގޯލް މެޗުގެ 19 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ. މި ގޯލަކީ އެޑްރިއނަް ރަބިއޮޓްގެ ނޭމާއަށް ދިން ބޯޅައެއް އޭރިޔާ ތެރެއިން ގޯލްގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ނޭމާ ކާމިޔާބުކުރި ގޯލެކެވެ.

34 ވަނަ މިނިޓުގައި އެމްބާޕޭ ލީޑު ފުޅާކުރިއެވެ. މާގިނަ އިރުތަކެއް ނުވެ ޕީއެސްޖީއިން އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކުރިއެވެ. ޕެނެލްޓީއަކުން ކަވާނީ ފަސޭހަކަމާއެކު ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލިއެވެ.

ދެވަނަ ހާފްގައި ފެނުނު ދެގޯލްވެސް ފެނިގެންދިޔައީ މެޗު ނިމެން ގާތް ވެފައިވަނިކޮށެވެ. 83 ވަނަ މިނިޓުގައި ސެލްޓިކްގެ މައިކަލް ލުސްޓިގް އަމިއްލަ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލިއެވެ. އޭގެ ދެމިނިޓު ފަހުން ކަވާނީ ޕީއެސްޖީގެ ކުޅުންތެރިޔަކު ނެގި ހުރަހެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލިއެވެ. މިއީ އޭނާ މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލެވެ.

މިމެޗުގައި ކަވާނީ ކާމިޔާބުކުރި ގެގޯލާއެކު އޭނާއަކީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ 22 ގޯލް ޕީއެސްޖީއަށް ކާމިޔާބުކޮށްދީފައެވެ.

މިގްރޫޕްގެ އަނެއް މެޗުގައި ބެޔާން މިއުނިކް ވަނީ އަންޑަލެކްޓުގެ މައްޗަށް 0-3 ކުރި ހޯދާފައެވެ. މިމެޗުގެ ގޯލްތަށް ކާމިޔާބުކޮށްދީފައިވަނީ ރޮބާޓް ލެވަންޑޮސްކީ، ތިއާަގޯ އަލްކަންޓާރާ އަދި ޖޮޝުއާ ކިމިޗްއެވެ.