ކުޅިވަރު

ޕޮގްބާ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ޔުނައިޓެޑްގެ ފްރާސް މިޑްފިލްޑަރު ޕޯލް ޕޮގްބާ މަހެއް ހާދުވަހަށް ކުޅުމާ ދުރުގައި ހުއްނަން ޖެހިއްޖެއެވެ. އަންގާރަދުވަހު ޔުނައިޓެޑާއި ބަސެލް ޗެމްޕިއަންސް ލީގުގައި ވާދަކުރި މެޗުގެ ޕޯގްބާގެ ފަލަމަސްގަންޑަށްވަނީ އަނިޔާވެފަ އެވެ.

މިއީ ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ޕޮގްބާއަށް ލިބުނު ދެވަނަ ފަލަމަސްގަންޑުގެ އަނިޔާ އެވެ. ރިފޯޓްތަށް ބުނާަގޮތުގައި ޕޮގްބާއަށް އޮކްޓޯބަރު މަހުގެ އިންޓަނޭޝެނަލް ބްރޭކްއާއި ހަމައައް ކުޅުމާ ދުރުގައި ހުއްނަންޖެހޭނެ އެވެ.

އެވަޓަން، ސައުތުހެމްޓަން އަދި ކްރިސްޓަލް ޕެލެސްއާއި ދެކޮޅަށް ޔުނައިޓެޑު ޕްރިމިއާ ލީގުގައި ކުޅޭ މެޗުތަށް ނުކުޅެވޭނެ އެވެ. އިންގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ޔުނައިޓެޑާއި ބާޓަން އަލްބިއޯން ބައްދަލުކުރާ މެޗުވެސް ނުކުޅެވޭނެ އެވެ. މީގެ އިތުރުން ޔުނައިޓެޑް ޗެމްޕިއަންސް ލީގުގައި ރަޝިޔާގެ ސީއެސްކޭ މޮސްކޯ އާއި ސެޕްޓެންބަރު 27 ވަނަ ދުވަހު ކުޅޭ މެޗުވެސް ހިމެނެ އެވެ.

މީގެ އިތުރުން ޕޮގްބާއަށް ގައުމީ ޓީމުގެ މުހިންމު ދެމެޗު ގެއްލޭނެ އެވެ. ފްރާންސް ވޯލްޑް ކަޕް ކޮލިފައިންގައި ބަލްގޭރިއާ އަދި ބެލަރޫސް އާއި ބައްދަލު ކުރާ މެޗުގައި ނުކުޅެވޭއިރު ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފްރާންސް ޓީމު މިދެމެޗު ކާމިޔާބުކުރަންޖެހެ އެވެ.