އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ޓްރެއިނެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ބައެއް މީހުންނަނަށް ކުދި ކުދި އަނިޔާތައް ވެއްޖެއެވެ.
ބީބީސީ ބުނީ ލަންޑަނުގެ ހުޅަނގު ދެކުނުގައި ޑިސްޓްރިކްޓް ލައިންގެ ތެރޭގައި ހިނގި އެހާދިސާގައި ޓްރެއިނަށް މާބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީ ބުނީ އަނިޔާވި މީސްމީހުންގެ ފިހިފައި ވަނީ މޫނެވެ. އަދި ބުނީ އެއްޗެއް ގޮވުމުންް އުފެދުނު ބިރުވެރިކަމުގައި ޓްރެއިނުން އަވަަހަށް ފައިބަން މީހުން އުޅެގަތުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ވި ކަމަށެވެ. ހާދިސާ ހިނގުމާއި އެކު ފުލުހުންނާއި އަލިފާން ނިވާ މީހުންނާއި ޓެރަރިޒަމާ ގުޅުން ހުރި ހާދިސާތަކަށް ހަރަކާތްތެރިވާ ފުލުހުންގެ ޓީމްތައް ވެސް ވަނީ އެތަނަށް ގޮސްފައެވެ.
ޓްރެއިންގައި އެއްޗެއް ގޮވި ހާދިސާއަަކީ ބަޔަކު ދިން ހަމަލާއެއް ކަމެއް ނުވަތަ އެކްސިޑެންޓެއް ކަމެއް އަދި ސާފެެއް ނުވެއެވެ. ފުލުހުން ވަނީ ހާދިސާ ހިނގި ޓްރެއިންގައި ތިބި މީހުން ވަނީ އެ އުޅަނދުން ވަރަށް އަވަހަށް ނެރެ، ރައްކާތެރި ތަންތަނަށް ގެންގޮސްފައެވެ. ފުލުހުން މިހާެރު އަންނަނީ ހާދިސާ ތަހުގީގުކުރަމުންނެވެ.