ވިޔަފާރި

ދިރާގު މުވައްޒަފުން ކުޅުދުއްފުށީ އަތިރިމަތި ސާފުކޮށްފި

އިންޓަނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ ފާހަގަ ކުރަން ދިރާގުގެ މުވައްޒަފުން ކުޅުދުއްފުށީ އަތިރިމަތި ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއްގައި ބައިވެރިވެއްޖެ އެވެ.

ދިރާގުން ބުނީ މި ހަރަކާތް ކުރިއަށް ގެންދިޔައީ ބީލީފްގެ ނަމުގައި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާނުންނާއި ޕާލޭ މޯލްޑިވްސް، ކައުންސިލް، ސްކޫލް ކުދިންނާއި ވޮލަންޓިޔަރުންނާއި އެކުގައި ކަމަށެވެ.

މި ޕްރޮގަރާމަކީ ވެސް "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ދިރާގުން ބުނެފައިވެ އެވެ.

"ފޯ ދި އޯޝަންސް" އަކީ ޕާލޭ މޯލްޑިވްސް އާއި އެކު ފަށާފައިވާ ކެމެޕެއިން އެކެވެ. ދިރާގުން ވަނީ "ފޯ ދި އޯޝަންސް" ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށް ގޮވާލާ ގިނަ ފަހަރު ބޭނުން ކުރެވޭ ކަހަލަ ކޮތަޅު ބޭނުން ކުރުމަށް ބާރުއަޅާފަ އެވެ. އަދި މި ކެމްޕެއިންގެ ދަށުން ދިރާގު މުވައްޒަފުން ވަނީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ފެންފުޅި އޮފީހުގައި ބޭނުން ކުރުން ހުއްޓާލާ، އޮފީހުގައި ވޯޓަރ ޑިސްޕެންސާ ބޭނުންކުރުމަށް ވެސް ފަށާފަ އެވެ.

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭ އެއްކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.