ކުޅިވަރު

ޔުނައިޓެޑް ބޮޑު މޮޅެއް ހޯދިއިރު ޗެލްސީ އާއި އާސެނަލް އެއްވަރުވެއްޖެ

ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވިއިރު މެންޗެސްޓާ ޔުނައިޓެޑުން އާއި އެވަޓަން ބައްދަލުކުރި މެޗު ތަފާތު ބޮޑު ނިތީޖާއަކުން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ. މިމޮޅާއެކު ޔުނައިޓެޑު މިވަނީ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. ސިޓީވެސް އޮތީ 13 ޕޮއިންޓާއެކު އަދި ލަނޑުގެ ތަފާތުންވެސް ޔުނައިޓޭޑާއި ސިޓީ ހަމަހަމައެވެ. ޗެލްސީއަށް ބަލާއިރު އެޓީމު އޮތީ ތާވަލުގެ 3 ވަނަ މަގާމުގައި 10 ޕޮއިންޓާއެކުއެވެ. އާސެނަލް އޮތީ 12 ވަނަ މަގާމުގައި 7 ޕޮއިންޓާއެކު އެވެ.

އާސެނަލްއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށްވެސް ގޯލްޖަހާނެ މާރަނގަޅު ފުރުސަތުތަކެއް ނުލިބެއެވެ. ނަމަވެސް އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ރަނގަޅު ކުޅުމެކެވެ. އަދި ދެވަނަ ހާފްގައިވެސް އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ.

ޗެލްސީ މެޗުގެ ފަހު ވަގުތުތަށް ހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒްއަށް ދެއްކި ރަތްކާޑަކާއެކުއެވެ. އޭނާއަށް މިކާޑު ދެއްކީ އާސެނަލްގެ ލެފްޓް ބެކް ކޮލެސިނާވްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅުގެންނެވެ. ދެވަނަ ހާފްގެ ކުރީކޮޅު ލުއިޒްއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ނަމަވެސް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 0-4 ނެވެ. މިމެޗުގައި ޔުނައިޓެޑްގެ ގޯލްތަށް ކާމިޔާބުކޮށްދިނީ އެންޓޯނިޔޯ ވެލެންސިޔާ، ހެންރިކް މިކިޓާރިއަން، ރޯމިއޯ ލުކާކޫ އަދި އެންތަނީ މާސިއާލްއެވެ. ފުރަތަމަ ހާފްގެ 4 ވަނަ މިނިޓުގައި ވެލެންސިއާ ވަނީ ޔުނައިޓެޑަށް ހިތްގައި ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފްގައި އެވަޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. ދެވަނަ ހާފްގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނެވެ. ނަމަވެސް ގޯލެއް ނުޖެހިގެން އުޅެނިކޮށް ޔުނައިޓެޑުން މެޗުން މުޅިން އަނބުރާލިއެވެ. މިކިޓާރިއަން 83 ވަނަ މިނިޓުގައި ކާމިޔާބުކުރިއެވެ. އޭގެ ފަސް މިނިޓުފަހުން ލުކާކޫ އޭނާގެ ކުރީގެ ކްލަބްގެ ދެކޮޅަށް ގޯލް ގެހުމަށްފަހު އުފާފާލުކިރިއެވެ. މިއާއެކު ޔުނައިޓެޑާއި އެވަޓަން ގުޑިސަން ޕާކްގައި ބައްދަލުކުރާ މެޗުގައި އެވަޓަން ސަޕޯޓަރުންގެ ނަފްރަތު އޭނާއަށް ކުރިމަތިވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ޔުނައިޓޭޑްގެ 4 ވަނަ ގޯލް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މާސިއާލްއެވެ.