ވިޔަފާރި

ހޮޓެލް އޭޝިޔާގައި އީވޯސާފޭސްގެ މޮޅުކަން!

ސްޓޯން ބޮޑެތި ފިލާ ބޭރުން ގެނެސް އެއިން ރާއްޖޭގައި ތަކެތި އުފައްދާ ބަޔަކު އެނގޭ ހެއްޔެވެ؟ ނޭނގިދާނެ އެވެ. ނަމަވެސް އެ މަސައްކަތް ރާއްޖޭގައި ވަރަށް ފުޅާކޮށް އެބަކުރެ އެވެ. މިކަން ކުރަނީ އީވޯހޯމް ހިންގާ ކުންފުނީގެ "އީވޯސާފޭސް" ގަ އެވެ. މިތަނުގެ ސްޓޯލެއް މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހޮޓެލް އޭޝިޔާގައި ވެސް އެބަހުއްޓެވެ.

އިވޯ ސާފޭސްގައި ތަކެތި ތައްޔާރު ކުރަނީ ބޭރުން ބޮޑެތި ސްލެބް ގެނެސް ކަސްޓަމަރުން ބުނާ ގޮތަށެވެ. އީވޯސާފޭސް ސްޓޯލުގައި ހުޅުމާލޭ ފެކްޓްރީގައި އުފައްދާ އެފަދަ ބައެއް ސާމާނުތައް ދައްކާލަން ބަހައްޓާފައި ވެއެވެ.

އޭގެ ތެރޭގައި ގޭގެ އެތެރެ އާއި ބޭރުގައި ހުންނަ ބަދިގޭގެ ބުފޭ ޓޭބަލް ފަދަ ތަކެތި ހިމެނެ އެވެ. އަދި އީވޯސާފޭސްގެ ސްޓޯން ބްރޭންޑްތައް ކަމަށްވާ "ޑެކްޓޯން" އާއި "ސެންސާ" ފަދަ ދުނިޔޭގެ މަޝްހޫރު މަރުކާތަކުގެ މޮޅުކަން މި ސްޓޯލުން އަމިއްލަށް ތަޖުރިބާ ކޮށްލެވިދާނެ އެވެ.

މި ބްރޭންޑުތަކުގެ ތެރެއިން ސްޕޭންގެ މަޝްހޫރު "ޑެކްޓޯން" އިން ތައްޔާރުކުރާ މޭޒުފަދަ އެއްޗިއްސަކީ ވަރުގަދަ ރެނދު ނުލާ ތަކެއްޗެވެ. އަދި ބްރޭންޑަކީ އައުޓްޑޯއަށް އެންމެ އެކަށީގެންވާ އެއް ބްރޭންޑެވެ.

އީވޯސާފޭސްގެ އޮފިޝަލަކު ވިދާޅުވީ މިއީ ހަމައެކަނި ހޮސްޕިޓަލިޓީ ދާއިރާގައި ބޭނުންކުރެވޭނެ ތަކެތި ނޫން ކަމަށާއި އަމިއްލަ ގޭގެއަށް ވެސް ތަކެތި ތައްޔާރު ކުރަންޖެހޭ ކމަށެވެ.

"އަޅުގަނޑުމެންގެ މެޝިންތައް ބޭނުންކޮށްގެން ބޭނުން ގޮތަކަށް ތައްޔާރު ކޮށްލެވޭނެ،" އެތާަނގެ އޮފިޝަލަކު ވިދާޅުވި އެވެ.