ދުނިޔެ

ކެރީބިއަން އަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއް

ތޫފާން އަރމާ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފަައިވާ ކެރީބިއަން ސަރަހައްދުގެ ޖަޒީރާތަކަށް އަނެއްކާވެސް ބާރުގަދަ ތޫފާނެއްގެ ނުރައްކާ ކުރިމަތިވެއްޖެއެވެ.

އެޓްލާންޓިކް ކަނޑުގައި އުފެދިފައި ހުންނަތާ ދުވަސްތަކެއް ވެފައިވާ ހަރިކޭން މާރިއާ،ގެ ބާރު ކެޓަގީ 1 ގައި ހުރުމަށް ފަހު މިއަދު ވަނީ ކުއްލިއަކަށް ކެޓަގަރީ ތިނަަކަށް ބަދަލުވެފައެވެ. ތޫފާން ފުރަތަމަ އަރާނެ ކަމަށް ބެލެވެނީ ލީވާޑް އައިލެންޑް ނަމަކަށް ކިޔާ ޖަޒީރާތަކަށެވެ. ބުދަ ދުުވަހު އެތަންތަނަށް ތޫފާން އަރާނީ ކެޓަގަރީ ހަތަރެއްގެ ތުފާނެެއްގެ ގޮތުގައި ކަަމަށް އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން ލަފާކުރެއެވެ.

ތޫފާން މިއަދު ހެދުނު ހުރީ މާޓިނިކިއު ނަަމަކަށް ކިޔާ ޖަޒީރާގެ އިރުން 60 މޭލު ބޭރުގައެވެ.

ކެރީބިއަންގެ ޖަޒީރާތަކުގެ ތެރެއިން ތޫފާން މާރިއާ އަރާނެ ކަަމަށް ލަފާކުރެވިފައިވާ އެއް ތަނަކީ އަދި އެމެރިކާގެ ސިޔާދަތީ ބާރު ހިނގާ ތަނެއްކަމަށްވާ ޕޯޓޯރިކޯއެވެ. ސީއެން އެން ބުނީ ކެރީބިއަން އަަށް ކުރިން އެރި ތޫފާން އަރމާގެ ސަބަބުން ގެއްލުންތައް ލިބިފައިވާ ޕޯޓޯރިކޯގައި ތޫފާން މާރިއާ ހެދި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައިވާ ކަަމަށެވެ. ތޫފާން އަރމާގައި ހަލާކުވި ބައެއް ރަށްތަކުގެ މީހުން ހިޔާވަހިކަން ހޯދައިގެން މިހާރު ތިބީ ވެސް އެތަނުންނެވެ.

ހަރިކޭން މާރިއާގެ ވަައިގެ ބާރުމިން މިހާރު ހުރީ ގަޑިއަކު 120 މޭލުގެ ބާރުމިނުގައެވެ. އެތޫފާނުގެ އިތުރުން އެމެރިކާއަށް ވެސް ކުރާނެ ކަމަށް ބެލެވޭ އިރު ހަރިކޭން ހޯސޭ ވެސް އެސަރަހައްދުގައި އަދި އެބަހުއްޓެވެ. ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި އެމެރިކާއަށް ވަނީ ބާރުގަދަ ދެތޫފާން އަރައި 100 ވަރަކަށް މީހުން މަރުވެ 200 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައެވެ.