ހަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

Sep 19, 2017

މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ ހުޅުމާލޭގައި އޭގެ ވިޔަފާރިކުރާކަމަށް ތުހުމަތުވެގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ 22 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެއް ކަމަށެވެ. މިދިއަ ހޮނިހިރު ދުވަހު އެ ދެ މީހުން ތިބި ފުލެޓަށް ފުލުހުން ވަނީ ކޯޓް އަމުރަކާއެކު އެވެ.

ފުލުހުން ބުނީ ދޮރުގައި ޓަކި ޖަހައި ދޮރު ނުހުޅުވުމުން ދޮރު ހުޅުވީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެ މީހުން ތިބިތަން ބަލާފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ދަޅު ފެނިފައިވާ ކަމަށެވެ.

އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ.