ޕީއެސްޖީއާއި ލިޔޯން ފްރެޗް ލީގުގައި ބައްދަލުކުރި މެޗުގައި ޕެނެލްޓިއަކާއި ހިލޭ ޖެހުމެއް ކުރިއަށް ފޮނުވާލާނީ ކޮންކުޅުންތެރިއެއް ކަމާމެދު ނޭމާ އާއި ކަވާނީ ދެމެދު ޖެހުނު މައްސަލަ ހޫނުވެ އެންމެ ފަހުން ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެލައިފީއާ ހަމަޔަށް މައްސަލަ ހިނގައްޖެ އެވެ.
ދެކުޅުންތެރިންގެ މެދުގައި އެންމެ ފުރަތަމަ މައްސަލަ ޖެހުނީ ޕީއެސްޖީއަށް ލިބުނު ހިލޭ ޖެހުމެއް ކަވާނީ ފޮނުވާލަން
އުޅެނިކޮށް ޑިފެންޑަރު ޑެނީ އަލްވޭޒް ކަވާނީ އަތުން ބޯޅަ އަތުލުމަށްފަހު ނޭމާއަށް ދިންހިސާބުންނެވެ. އޭގެފަހުން ޕީއެސްޖީއަށް ލިބުނު ޕެނަލްޓީއެއް ކުރިއައް ފޮނުވާލަން ބޯޅަ ހިފައިގެން ހުއްޓާ ނޭމާ އައިސް ކަވާނީ އާއި ވާހަކަ ދައްކާތަން ފެނުނެވެ. އެއައްފަހު ނޭމާ ވަނީ ހިތްހަމަ ނުޖެހިގެން ހުރި އޭރިއާ ބޭރަށް ނިކުމެފަ އެވެ.
ކަވާނީ ކުރިއަށް ފޮނުވާލި ބޯޅަ ލިޔޯންގެ ކީޕަރު އެންޓޮނީ ލޮޕެސް ވަނީ ދިފާއުކޮށްފަ އެވެ. މިދެކުޅުންތެރިން އެއްކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކަށް ބޯޅަ ޕާސް ނުކުރާ މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ. ފްރާންސްގެ މީޑިޔާ ރިޕޯޓްތަށް ބުނާގޮތުގައި މުޅި މެޗުގައިވެސް ނޭމާ ކަވާނީއަށް އެންމެ ޕާހެއްވެސް ނުކުރެ އެވެ. އަދި ކަވާނީ ނޭމާއަށް ކޮށްފައިވަނީ އެންމެ ޕާހެކެވެ.
މެޗަށްފަހު މިދެކުޅުންތެރިންގެ ދެމެދުގައި ވަނީ ބޮޑު ޒުވާބެއް ވެސް ހިނގާފަ އެވެ. އަދި ދެކުޅުންތެރިން އެކަކު އަނެކަކަށް ހަމަލާދޭ ހިސާބަށް މައްސަލަ ގޯސްވުމުން ޕީއެސްޖީގެ އެހެން ކުޅުންތެރި މިދެކުޅުންތެރިން ދުރުކުރަން ޖެހުނުކަމަށް ރިޕޯޓްތަށް ބުނެ އެވެ. މިކަން ހިންގާފައިވަނީ މެޗަށްފަހު ޕީއެސްޖީގެ ޗޭންޖިން ރޫމްގަ އެވެ.
ފްރާންސްގެ މީޑިޔާ ރިޕޯޓްތަށް ބުނާގޮތުގައި މިމައްސަލައިގައި ނޭމާ ވަނީ ޕީއެސްޖީގެ ރައީސް ނާސިރް އަލް ހެލައިފީއާއި ވާހަކަ ދައްކާފައެވެ. އަދި ނޭމާ ވަނީ ޕީއެސްޖީގެ ރައީސްއަށް ކަވާނީ ވިއްކާލިމަށް އަންގާފައެވެ. ނޭމާ ބުނެފައިވާ ކަމަށް މީޑިޠާ ރިޕޯޓްތަށް ބުނާ ގޮތުގައި ކަވާނީއާއި އެކު ކުޅުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ނޭމާ ސިފަކޮށްފައިވާކަމަށެވެ.
މިމައްސަލައިގައި ކަވާނި ޕީއެސްޖީގެ ކޯޗު އަދި ރައީސް އާވެސް ބައްދަލުކޮށްފައިނުވާކަމަށް ރިޕޯޓްތަށް ބުނެފައިވެއެ. ކަވާނީއަކީ ޕީއެސްޖީ ސަޕޯޓަރުންނާއި އެޓީމުގެ ހިސް ގިނަ ކުޅުންތެރިްނގެ މެދުގައި މަގްބޫލް ކުޅުންތެރިއެކެވެ. ނަޕޮލީއިން ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ކަވާނީ ޕީއެސްޖީގައި ހޭދަކުރި 4 އަހަރުވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.