ވިޔަފާރި

އަލީބާބާގެ ޓްރެވަލް ގޮތްޕާ ރާއްޖެ ގުޅިއްޖެ

ދުނިޔޭގެ އެންމެ ބޮޑު އީ-ކޮމާސް ސައިޓު، އަލީބާބާގެ ޓްރެވަލް ގޮފި "އަލީޓްރިޕް" ކުންފުނިން ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ގުޅިއްޖެ އެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަލިބާބާގެ ޓްރެވަލް ބައި އަލީޓްރިޕުން ވަނީ، އެ ކުންފުނީގެ ރާއްޖޭގެ އެޖެންޓުންގެ ގޮތުގައި ފަރާތަކާއެކު ސޮއިކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ އެޖެންޓުންގެ ގޮތުގައި ސޮއިކޮށްފައިވަނީ މަނަފަރު ރިސޯޓާއި އަދާރަން، ވިލާ ޓްރެވަލްސް އަދި އައިލެންޑް ހައިޑްއަވޭގެ އިތުރުން، ސްޕްލެންޑެޑް އޭޝިޔާ އާއި ލިލީ ބީޗެވެ.

މި ރަސްމިއްޔާތަށް ފަހު އަލީޓްރިޕުގެ ޖެނެރަލް މެނޭޖަރު އޮފް ހޮޓެލް ބިޒްނަސް ފްރޭންކް ހުއަންގް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މީގެ ސަބަބުން ދިވެހި ޓޫރިޒަމަށް މަންފާކުރާނެކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ޗައިނާގެ އެންމެ ބޮޑު އީ-ކޮމާސް ކުންފުނީގެ ޓްރެވަލް ބަޔާ ދިވެހި ކުންފުނިތައް ގުޅިގެން ގޮސްފައިވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މެދުވެރިވުމާއެކުގަ އެވެ. އެ ކުންފުނިން ދަނީ ރާއްޖެ އަށް އަންނަ ޗައިނާ މީހުން އިތުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.