ހަބަރު

ވެލި އުފުލި ދޯންޏެއް ބަންޑުން ޖަހާލައިފި

Sep 22, 2017

ވެލި ބަރުކޮށްގެން ދަތުރުކުރި ކުޑަ ދޯންޏެއް ވެލައްސަރު ރިސޯޓް ކައިރިން ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ވެލައްސަރު ކައިރިއަށް އެ ދޯނި ބަންޑުން ޖަހާލީ މިއަދު މެންދުރު ކުރީ 11:00 ޖަހާ އެހާކަންހާއިރު ކަމަށާއި އެ ހާދިސާއާ ގުޅިގެން ސިފައިން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ ހާދިސާއަށް ފަހު ވަނީ މީހުން ސަލާމަތް ކޮށްފައެވެ.

ވެލި ދޯނި ބަންޑުން ޖަހާލިއިރު އޭގައި ތިން މީހަކު ތިއްބެވެ. ދިވެއްސަކާއި ދެ ބިދޭސީން ތިބި އިރު އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. "ނޫމަސް" ނަމުގައި ދުއްވާ އެ ދޯނި ވެލި އަރުވައިގެން ދަތުރުކުރީ މާލެ އިން ކ. މަނިޔަފުއްޓަށެވެ.