ހަބަރު

ކޮރަޕްޝަންގެ މައްސަލައެއްގައި އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ކުރުމަށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

އާސީސީގެ އޮފިޝަލަކު ވިދާޅުވީ، އަމީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވީ ތިމަރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމުމަށް ހަވާލު ކުރި ކުންފުނިން އެ މަސައްކަތް ވަގުތަށް ނުނިންމުމުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ މާފު ކޮށްދީފައިވާތީ ކަމަށެވެ. 

"އެކަމުގައި އަޅުގަނޑުމެންގެ ތަހުގީގަށް ފުދޭ ވަރަށް ހެކި ހުރީމާ ދައުލަތަށް އެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަމީންގެ މައްޗަށް ދައުވާ ކުރަން އެ މައްސަލަ ފޮނުވީ،" އޮފިޝަލް ވިދާޅުވި އެވެ. 

ޕީޖީ އޮފީހުގެ އޮފިޝަލަކު ވެސް ވިދާޅުވީ އެފަދަ މައްސަލަ އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި ގޮތެއް ނިންމާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަައިގައި އަމީންގެ ބަހެއް ހޯދަން ގުޅި ނަމަވެސް އޭނާ ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.