ވިޔަފާރި

ދިރާގުން ގެސްޓްހައުސްތަކަށް ހާއްސަ ހިދުމަތްތަކެއް

  • ފައިބަ ޓުދަ ހޯމްގެ ހިދުމަތް ލިބޭ
  • ހާއްސަ އިންޓަނެޓުގެ ހިދުމަތް ދެމުންދޭ
  • ގެސްޓްހައުސް ޓީވީގެ ހިދުމަތް ފަށަނީ

ގެސްޓްހައުސްތަކަށް ހާއްސަ އިސްކަމެއް ދެމުންގެންދާ ކަމަށް ކަމަށް ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ދިރާގުން ބުނެފި އެވެ.

ގެސްޓްހައުސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން، ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނިން ދޭ މުއާސަލާތީ ހިދުމަތްތަކުގެ ސަބަބުން ގެސްޓްހައުސް ވިޔަފާރިއަށް ގިނަ ފަސޭހަތަކެއް ލިބިގެންދާ ކަމަށެވެ.

"ދިރާގުން ގޭގެއަށް އިިންޓަނެޓު ގުޅައި ދިނުން ވެގެން ދިޔައީ ގެސްޓްހައުސް ވިޔަފާރިއަށް މީގެ ފަސޭހަތައް ލިބިގެން ދިޔަ ކަމަށް،" އިސްމާއިލް ވިދާޅުވި އެވެ.

މީގެ އިތުރުން ދިރާގުން ދަނީ ވަޔަލެސްކޮށް އިންޓަނެޓުގެ ހިދުމަތް ހޯދޭނެ އެންމެ ފުރިހަމަ ވަސީލަތްތައްވެސް ރަށަަށް ފޯރުކޮށްދެމުން ކަމަށް ސީއީއޯ ވިދާޅުވި އެވެ.

ގެސްޓްހައުސް ވިޔަފާރި ކުރުމުގައި ރަށަރަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ އެވެ. ހާއްސަކޮށް ޕްލާސްޓިކް ކޮތަޅުން ތިމާވެއްޓަށް ލިބޭ ގެއްލުމުގެ މައްސަލަ އެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ދިރާގުން ދަނީ ގެސްޓްހައުސްތަކަށް ދަނީ ތިމާވެއްޓާއި ރަހުމަތްތެރި ކޮތަޅު ހަދިޔާ ކުރަމުންނެވެ.

ދިރާގުން "ފޯ ދި އޯޝަން" ކެމްޕޭންގެ ދަށުން ގެސްޓްހައުސްތަކަށް ތިމާވެއްޓާއި ރަހުމަތްތެރި ކޮތަޅު ހަދިޔާ ކުރަން ފެށުމާއެކު ބައެއް ރަށްރަށުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަނީ ހުއްޓާލާފަ އެވެ.

ގެސްޓްހައުސްތަކަށް ހާއްސަކޮށް ދިރާގުން އިންޓަނެޓުގެ ހިދުމަތް ދެމުންދާއިރު، ގެސްޓްހައުސް ވިޔަފާރިއަށް ހާއްސަކޮށް ޓީވީގެ ހިދުމަތް ފަށަންވެސް އެ ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ.